Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

އޮންލައިން ޓްރޭޑިންގ މުއާމަލާތްތަކުގެ ސަބަބުން ބީއެމްއެލް އިން ބޭރަށްދާ ޑޮަލަރު އިތުރުވޭ: ޓިމް

14 ސެޕްޓެމްބަރު 2020 | ހޯމަ 17:18

ރާއްޖެއަށް އެތެރެވާ ޑޮލަރުގެ އަދަދު މިވަނީ އިންތިހާއަށް ދަށްވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 ސެޕްޓެމްބަރު 2020 | ހޯމަ 17:18
ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

އޮންލައިން ޓްރޭޑިންގ މުއާމަލާތްތަކުގެ ސަބަބުން ބީއެމްއެލް އިން ބޭރަށްދާ ޑޮަލަރު އިތުރުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ރާއްޖޭން ބޭރުން އަންނަ ފައިސާ، ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް އިން ހުއްޓާލި ސަބަބާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ބައެއް މީޑިއާ ތަކާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ވާހަކަ ދައްކަވަމުން ވިދާޅުވީ 'ވިސާ ޑައިރެކްޓް'، 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށް ދިނުން ބޭންކް އޮފް މޯލްޑިވްސް އިން ހުއްޓާލައި އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރުމަށް ކަމަށާއި އެގޮތަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

މި ގޮތަށް ޑޮލަރު ލިބުމާއެކު އެފަރާތްތަކުން އެކައުންޓްގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ ކަމަށާއި މި ގޮތަށް އަމަލު ކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މިދައްކަނީ ރުފިޔާ އިން ކަމަށްވާއިރު މި ގޮތަށް އަމަލު ކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު ވަރަށް ބޮޑުތަނުން އިތުރުވެފައި ކަމަށް ޓިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް އެތައް ހާސް ޑޮލަރެއް ބޭރަށް ދިޔުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރު މިންވަރު ދަށްވެ، ޓީޓީ ފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އެހެން ކަމުން މިފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި، އަދި މުހިންމު ބޭނުންތަކަށް ޑޮަލަރު ބެހެއްޓުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ވެސް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން މަޑުޖެހި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 80 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށްވާތީ، ރާއްޖެއަށް އެތެރެވާ ޔޫއެސް ޑޮލަރުގެ އަދަދު މިވަނީ އިންތިހާއަށް ދަށްވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް