Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ ސޯލާ ޕެނަލް

ސްޓެލްކޯއިން ސޯލާ ޕެނެލް ހަރުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 4 ގެއެއްގައި ސޯލާ ހަރުކޮށްފި

14 ސެޕްޓެމްބަރު 2020 | ހޯމަ 07:21

މިހާތަނަށް 4 ގެއެއްގައި ސޯލާ ހަރުކުރެވިފައިވާއިރު، އިތުރު 3 ގެއެއްގައި ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ސެޕްޓެމްބަރު 2020 | ހޯމަ 07:21
ސްޓެލްކޯއިން ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ސްޓެލްކޯއިން ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އާންމު ފަރުދުންގެ ގޭގޭގައި ސޯލާ ޕެނެލް ހަރުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 4 ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްފިއެވެ.

"ސްޓެލްކޯ ގްރީންލައިފް އިނިޝިއޭޓިވް" ގެ ދަށުން މާލޭގެ އިތުރު ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ މިހާތަނަށް 4 ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށާއި، އިތުރު ގެތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހެޔޮ އަގެއްގައި އަދި އިންސްޓޯލްމަންޓަށް ވިއްކަމުންގެންދާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ ހުރިހާ މަސައްކަތެއްވެސް އެކުންފުނިން ކުރަން ނިންމާފައިވާއިރު، މި ކަމުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ މީގެ ކުރިން ވިދާޅުވީ ތެލަށްކުރާ ހަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އެއް ސިޔާސަތު ކަމަށާއި، އެގޮތުން ސޯލާ ޕެނެލް ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކުންފުނީގެ މުވައްޒަފުންނަށް ކަމަށާއި، ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އާންމުންނަށް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކަށް މިޚިދުމަތް ފުޅާކުރާނެކަން ފާހަގަކުރައްވައި މުގުނީ ވިދާޅުވީ ފުރަތަމަ މިފުރުސަތު ހުޅުވާލަނީ މާލެސިޓީއަށް ކަމަށާއި، ނަމަވެސް ކައިރި މުސްތަގުބަލެއްގައި އަތޮޅުތަކަށް މިޚިދުމަތް ފުޅާކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މާލެއާއި އެއް އަގެއްގައި އަތޮޅުތަކަށް މިޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރާނީ ސްޓެލްކޯއިންނެވެ. އަދި ވެރިފަރާތުން ދައްކަންޖެހޭނީ ފައިސާ ކަމަށާއި، މުޅި ސޯލާ ޕެނެލްގެ އަގަކީ 30،000 ރުފިޔާ ކަމަށާއި އިންސްޓޯލްމަންޓް ސްކީމަކަށް ކުޑަ އަގެއްގައި ފައިސާ ދެއްކޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ސޯލާ ޕެނަލަތްކަކީ އަމިއްލަ ކުރެވޭ ޕެނަލްތަކެކެވެ. ޕެނަލްތައް ހަރުކުރުމަށް 5000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަންޖެހެއެވެ. އަދި ދޮޅުމަސް ތެރޭގައި ކަސްޓަމަރުންނަށް އެއިން ހިދުމަތް ލިބެން ފަށާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ 25 އަހަރާއި 30 އަހަރާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހި ޕެނަލްތައް ބޭނުންކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު ބިލަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

17 ޖުލައި 2017
 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި
10 ޖުލައި 2017

ސްޓެލްކޯއިން ފިއުލް ސާޗާޖް ކަނޑާލައިފި

10 ޖުލައި 2017
ސްޓެލްކޯއިން ފިއުލް ސާޗާޖް ކަނޑާލައިފި
18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
21 މެއި 2017

ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

21 މެއި 2017
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
17 މެއި 2017

ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ

17 މެއި 2017
ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ
04 މެއި 2017

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި

04 މެއި 2017
 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި
29 އެޕްރީލު 2017

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް