Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ކަލްވެޓް-ލެވިންގެ ލަނޑުން ޓޮޓެންހަމް އަތުން އެވަޓަނަށް މޮޅެއް

ޓޮޓެންހަމް އަތުން އެވަޓަން މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 18:24
ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 1-0 ން

ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 1-0 ން

ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ޓޮޓެންހަމް ހޮޓްސްޕާ އަތުން އެވަޓަން މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެވަޓަން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 16 ވަނަ މިނެޓުގައި އެވަޓަންގެ ރިޗާލިސަނަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ކައިރިން ނައްޓާލުމަށްފަހު ރިޗާލިސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ޑެލެ އަލީއެވެ. އެކަމަކު އޭރިއާ ތެރެއިން އަލީ ފޮނުވާލި ބާރު ހަމަލާ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެވަޓަނުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު ލޫކަސް ޑީނިއޭ ހުރަސްކޮށްދިން ބޯޅައަކުން އެވަޓަނަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ކަލްވެޓް-ލެވިންއެވެ.

އައު ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް އަތުން އެވަޓަން މޮޅުވިއިރު، މިއީ 2012 އަހަރަށްފަހު ޓޮޓެންހަމް އަތުން އެވަޓަން މޮޅުވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ ވަނީ ވެސްޓް ބްރޮމް އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. ޑެނިސް ޕްރާޓްގެ އެހީއާއެކު މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ކަސްޓާންޔޭއެވެ. ލެސްޓާގެ އަނެއް ދެ ލަނޑު މެޗުގެ 74 ވަނަ މިނެޓާއި 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީތަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޖެމީ ވާޑީއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ވެސްޓް ބްރޮމް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވިއިރު، ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ތިން ކުލަބުވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަން ލިވަޕޫލް އަތުން 4-3 ން ލީޑްސް ޔުނައިޓެޑް ބަލިވިއިރު، ހޮނިހިރު ދުވަހުގެ ހަވީރު ފުލަމް ވަނީ އާސެނަލް އަތުން 3-0 ން ބަލިވެފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު