Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ޙަވާލު ކޮށްފައިވަނީ ރަނގަޅަށް: ޖޭއެސްސީ

ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ޙަވާލުކުރުމުގައި ޢަމަލުކުރާނެ އުޞޫލު 28 އޮކްޓޫބަރ 2010 ގައި ގެޒެޓްކޮށްފައިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:45
ކްރިމިނަލް ކޯޓް؛ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރި މައްސަލައިގައި ހަގީގަތާއި ހިލާފު ވާހަކަ ދަނީ ދައްކަމުން

ކްރިމިނަލް ކޯޓް؛ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރި މައްސަލައިގައި ހަގީގަތާއި ހިލާފު ވާހަކަ ދަނީ ދައްކަމުން

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޙަވާލު ކޮށްފައިވަނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، މީޑިއާގައި ބައެއް ފަރާތްތަކުން، ދައްކަމުން ދަނީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެ ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ހަމަޖެއްސުމާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީން ހަމަޖެއްސުމާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ.

އަދި ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީ އަށް ދާނަމަ އެކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ޙަވާލު ކުރުމުގައި ޢަމަލު ކުރާނެ އުޞޫލު 28 އޮކްޓޫބަރ 2019 ގައި ގެޒެޓް ކޮށްފައިވާނެ ކަމަށެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރަކު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާން ކުރާ ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ ދާއިމީ މަސައްކަތަކަށް ވީއްލާފައި ހުރެއްޖެނަމަ ނުވަތަ ޙައްޖު، ޢުމްރާ ނުވަތަ އެނޫންވެސް ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސް ފަނޑިޔާރަކު ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ވަގުތީ ގޮތުން ހިންގުން ޙަވާލު ކުރަން ވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގައި ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމުގައި އެ އުޞޫލުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ޙާލަތުގައި އިސްވެ ދެންނެވުނު ތަރުތީބަށް ޢަމަލު ކުރުން އެ އުޞޫލު އިސްތިސްނާ ކޮށްފައިވާކަން ފާހަގަކޮށް ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ޙާލަތުގައި އާއި އިސް ފަނޑިޔާރުކަން ދާއިމަށް ހުސްވާ ޙާލަތުގައި ވަގުތީ ގޮތުން މީހަކާ އެ މަސްޢޫލިއްޔަތު ޙަވާލު ކުރުމުގައި އެ ކޮމިޝަނުން ޢަމަލު ކުރަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.

އަދި އެގޮތުން، ކޮމިޝަނުން ވަގުތީ ގޮތުން ކޯޓުގެ ހިނގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރު އަދި ރެކޯޑު ފައިލްގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު، ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތަޢުލީމާއި، ތަޖުރިބާ އާއި، އަޚްލާޤާއި ޤާބިލު ކަމަށް ބަލައި، އިސް ފަނޑިޔާރު ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށެވެ.

މީގެ އިތުރުން އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރު ކަމުން ވަކި ކުރުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން، ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިޢުފާ ދިނުމަށް ފަހު، ކޮމިޝަނުން ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާ ބެހޭ ގޮތުން އާއްމުންނަށް ކަންހިނގާ ގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދައްކާ ވާހަކަތައް ޖޭއެސްސީން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ކޮމިޝަނުގެ މަސްޢޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދާނީ ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު