Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީގެ އެމްޑީއެއްގެ މައްޗަށް ކުރެވޭ ތުހުމަތު

އެޗްޑީސީގެ ކުރީގެ އެމްޑީއަކާ ގުޅޭ ރިޝްވަތުގެ މައްސަލަ ލަސްވާ ސަބަބު ހޯދަން ސީލައިފުން އޭސީސީގައި އެދިއްޖެ

11 ސެޕްޓެމްބަރު 2020 | ހުކުރު 14:19

2015 ވަނަ އަހަރު އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ބޭފުޅަކު 1 މިލިއަން ޑޮލަރުގެ ރިޝްވަރު ސީލަފަށް ހުށަހެޅި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ސެޕްޓެމްބަރު 2020 | ހުކުރު 14:19
ސީލައިފް ފްލެޓްތަކުގެ މޮޑަލްއެއް

ސީލައިފް ފްލެޓްތަކުގެ މޮޑަލްއެއް

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރަކު ރިޝްވަތު ހުށަހެޅި މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ހޯދުމަށް ސީލައިފުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.

ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ސޮއިކޮށް އޭސީސީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް، ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓުގެ މަޝްރޫޢު އެވޯޑް ކުރުމަށްފަހު، އެޕްރޮޖެކްޓް ބާޠިލް ކޮށްފައިވަނީ، ރިޝްވަތުގެ ގޮތުގައި ހޯދުމަށް އެދިފައިވާ އެއް މިލިއަން ޑޮލަރުގެ ފައިސާ ނުދެއްކުމުގެ ސަބަބުންކަން، ފުލުހުން ވެސް ހިމެނޭ ގޮތަށް ސީލައިފް ގްލޯބަލްއިން ހިންގާފައިވާ ކޮންޓްރޯލްޑް އޮޕަރޭޝަނުން ސާބިވެފައިވާއިރު، އެމައްސަލަ އޭސީސީން ކުރިއަށް ނުގެންގޮސް މަޑުޖައްސަލާފައިވާ ސަބަބު ސާފު ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ސީލައިފުން އެސީސިއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރަށް ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ހުށަހަޅައި ބާތިލް ކޮށްފާއިވާ އެގްރީމަންޓް އެއް މިލިއަން ޑޮލަރު ދިނުމުން އަލުން ލިބޭނެކަމަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން އެންގުމުން، އެއް މިލިއަން ޑޮލަރ ދީގެންވެސް ޕްރޮޖެކްޓް ބޭނުން ކަމަށް ބުނެ ޕްރޮޖެކްޓް ލިބޭނީ ކިހިނެއްތޯ މެދުވެރިއަކަށްވި ފަރާތާ ސުވާލުކުރުމުން، ޕްރެޖެކްޓް ބާތިލް ކުރި ކުރުން ކެންސަލްކޮށް ޕްރޮޖެކްޓް އަލުން ދިންކަމުގެ ސިޓީ ލިބޭނެކަމަށް މެދުވެރިއަކަށްވި ފަރާތުން ބުނެފައިވާކަމަށްވެއެވެ.

އަދި އެއްމިލިއަން ޑޮލަރު ހޯދުމަށް ސްރީލަންކާ އަށް އައުމުން ލިބޭނެ ކަމަށް މެދުވެރިއަކަށްވި ފަރާތަށް އަންގައި، ސްރީލަންކާގައި އެވަގުތު ހުރި ފުލުހުންގެ ވަޒީފާ އަދާކުރާ ޗުއްޓީގައި ހުރި ފަރާތަކާއި، ފުލުހެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އެކަން ހިއްސާކޮށް، ސީލައިފް ގްލޯބަލްގެ ކޮންޓްރޯލްޑް އޮޕަރޭޝަންއެއް ހިންގައިދިނުމަށް އެދުމުން، އެފަރާތްތަކުން ކޮންޓްރޯލްޑް އޮޕަރޭޝަން ހިންގައިދީފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެގޮތުން 7 އޮކްޓޯބަރ 2015ގައި މެދުވެރިއަކަށްވި ފަރާތް ސްރީލަންކާއަށް އައުމުން އެފަރާތާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު ބައްދަލުކުރީ މި ދެންނެވި ފަރާތްތަކާވެސް އެކުގައިކަމަށް ބުނެފައިވެއެވެ. އަދި ފައިސާ ރެޑީކޮށް، ފައިސާ ހުރިކަން ދެއްކުމަށްފަހު މެދުވެރިއަކަށްވި ފަރާތަށް ފޯނުން ގުޅާނެ ފަރާތަކަށް ގުޅައި އެފަރާތުގެ އީމެއިލްއަށް ޕްރޮޖެކްޓް ބާތިލް ކުރި ކުރުން ކެންސަލްކޮށް ޕްރޮޖެކްޓް އަލުން ދިންކަމަށް ސިޓީ ގެނައުމަށް އެދުމުން އެވަގުތު މެދުވެރިއަކަށްވި ފަރާތުން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރަށް ފޯނުން ގުޅައި ކޭޝް ރެޑީކަމަށް ބުނެ ލެޓަރ ފޮނުވުމަށް ބުނެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރުގެ ރަސްމީ އީމެއިލް އިން، ރިޝްވަތުގެ މި ޖިނާޢީ ޢަމަލު ހިންގައިދޭން މެދުވެރިއަކަށްވި ފަރާތުގެ އީމެއިލްއަށް ޕްރޮޖެކްޓް އަލުން ދީފައިވާކަން ބަޔާންކޮށް ސިޓީ ފޮނުވާފައިވާ ކަމަށާއި. މި މައްސަލައާ ގުޅޭ އެންމެހައި ހެކިތައް ލިބުމުން، ނުދީ ފައިސާ އަށް އެމީހާ އޮޕަރޭޝަން ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ އެއްބާރުލުމާއެކު މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށާއި އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ، ސީލައިފް ގްލޯބަލްގެ ކޮންޓްރޯލްޑް އޮޕަރޭޝަންގެ ވީޑިއޯއާއި، މެދުވެރިއަކަށްވި ފަރާތުގެ ފޯނަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސީޓީ ފޮނުވިކަން އެނގޭ ފޮޓޯތަކާއި، ޕްރޮޖެކްޓް އަލުން ދީފައިވާކަން ބަޔާންކުރާ ސިޓީ ޢިބާރާތް ކުރެވިފައިވާ ގޮތުގެ ފޮޓޯތަކާއި، މެދުވެރިއަކަށްވި ފަރާތުގެ ފޮޓޯތަކާއި ވަނަވަރުގެ އިތުރުން، ސީލައިފް ގްލޯބަލްގެ މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ ވަނަވަރުތަކާއެކު، އެފަރާތްތަކުން ހެކިބަސް ދޭން ތައްޔާރަށް ތިބިކަން ބަޔާން ކުރުމާއެކު ކަން ފާހަގަކޮށްފައިވެއެވެ.

ކޮންޓްރޯލްޑް އޮޕަރޭޝަންގެ ވީޑިއޯގައި، ފުލުހުންގެ ވަޒީފާގައި، ނަމަވެސް އެވަގުތު ޗުއްޓީގައި ހުރި ފަރާތުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިންގެ އީމެއިލް އޭގެ ކުރިން ފޮނުވާފައިވާ އީމެއިލްތައް ބަލައި އެއީމެއިލްއަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އީމެއިލްކަން ޔަގީންކޮށްފައިވާކަމަށާއި، އެއީމެއިލްއިން ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްފައިވާކަމަށާއި، އީމެއިލްގައިވާ ސިޓީގައި ތިރީގައި ބަޔާންކޮށްފައިވާ ޢިބާރާތުން، ޓާރމިނޭޝަން ލެޓާރ ކެންސަލް ކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި ސީލައިފުން ބުނެފައިވަނީ ފުލުހުންގެ ވަޒީފާގައި ހުރި ފަރާތަކުން މި މައްސަލައިގައި ހެކިބަސް ދީފައިވާއިރު، އަދި ފުލުހުންގެ ވަޒީފާ އަދާ ކޮށްފައިވާ އެހެން ފަރާތަކުން މި މައްސަލައިގައި ހެކިބަސް ދީފައިވާއިރު، އެ ހެކިބަސްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދަން މެދުވެރިއަކަށްވި ފަރާތުން ސްރީލަންކާ އަށް ގޮސްފައިވާކަން ސާބިތުވާއިރު، އަދި އެފަރާތުން ސްރީލަންކާގެ އޮފީހަކަށް އެއް މިލިއަން ޑޮލަރު ހޯދުމަށް ގޮސްފައިވާކަން ސާބިތުވާއިރު، އަދި ކޭޝް ރެޑީކަން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަށް މެދުވެރި ފަރާތުން އަންގާފައިވާކަން ސާބިތުވާއިރު، އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އީމެއިލްއިން ބާޠިލްކޮށްފައިވާ އެއްބަސްވުމެއް ދަމަހައްޓަން ސިޓީ ފޮނުވާފައިވާކަން ސާބިތުވާއިރު، އަދި އެ ސީޓީގައި އޮތް ސޮޔަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއިކަން ސާބިތުވާއިރު، ހެކިބަހުގެ އިތުރުން މިދެންނެވި ކަންކަން ސާބިތުވާ ކޮންޓްރޯލްޑް އޮޕްރޭޝަންގެ ވީޑިއޯ މި މައްސަލައިގެ ތަޙުޤީޤަށް ހުށަހަޅާފައިވާއިރު، އަދިވެސް މި މައްސަލައިގައި ދަޢުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވަނީތޯ އާއި، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދަވާނީ ސީލައިފް ގްލޯބަލްގެ ފަރާތުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިޝްވަތުގެ މި ޢަމަލު ހިންގަން އުޅުނު ކަމަށް އިޢުތިރާފުވާ ހެކިތައް ގެނެސް ދިނުމުންތޯ ސާފު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް