Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

ޓީޖީއެސްޓީ އިން ލިބުނު އާމްދަނީ 50 އިންސައްތަ ދަށަށް

ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ލިބިފައި ވަނީ 1.7 ބިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ސެޕްޓެމްބަރު 2020 | ހުކުރު 14:37
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް އިން ސަރުކާރަށް ލިބުނު އާމްދަނީ 50 އިންސައްތަ ދަށަށް ގޮސްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 3.4 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ އިރު، މި އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 1.7 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގުޑްސް އެންޑް ސާވިސަސް ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރުގެ މިހާތަނަށް ސަރުކާރަށް ވަނީ ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާއެވެ.

އިމްޕޯޓް ޑިއުޓީ އިން ވެސް ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ އިރު، ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 907.8 މިލިއަން ރުފިޔާއެވެ. މިދިޔަ ސަރުކާރަށް ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބިޒްނަސް ޕްރޮފިިޓް ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 369.8 މިލިއަން ރުފިޔާއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 37.9 މިލިއަން ރުފިޔާއެވެ.

ރޯޔަލްޓީސް ގެ ގޮތުގައި 22.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ރެވެނިއު ސްޓޭމްޕްގެ ގޮތުގައި ލިބިފައި ވަނީ 18.2 މިލިއަން ރުފިޔާ ކަމަށް ފިނޭންސް އިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި 294.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި 587.4 މިލިއަން ރުފިޔާ ސަރުކާރަށް ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ފާއިތުވި އަހަރު 488.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރު ލިބިފައި ވަނީ 251.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ޓެކުހުން 7.1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އިރު، ނަންޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު