Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އެޗްއީއޯސީ

އަތޮޅުތަކުގައި ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް 4 ސަރަހައްދަކަށް ބޭނުންވާ މެޝީން ވަނީ ލިބިފައި: ޑރ. ނަޒްލާ

10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 05:57

ށ. ފުނަދޫ، ޅ. ނައިފަރު ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި ގާއިމުކުރާ މެޝީންތައް ވަނީ ލިބިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 05:57
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު: އަތޮޅުތެރޭގައި ކޮވިޑް-19 އަށް ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދޭ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު: އަތޮޅުތެރޭގައި ކޮވިޑް-19 އަށް ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދޭ

ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އަތޮޅުތަކުގައި އިތުރުކުރުމަށް ބޭނުންވާ ކަމަށާއި އެގޮތުން ހަތަރު ސަރަހައްދަކަށް ބޭނުންވާ މެޝީން ލިބިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގެ އިތުރު 4 ސަރަަޙައްދެއްގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، ޑަބްލިއުއެޗްއޯގެ އެހީއާއެކު ލިބިފައިހުރި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި އެމެޝީންތައް އިންސްޓޯލްކުރާނީ، ށ. ފުނަދޫ، ޅ. ނައިފަރު ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި ކަމަށެވެ. އަދި އެމެޝީންތައް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ، ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށްޓަކާ މުޅި ރާއްޖެ އެކި ޒޯންތަކަކަށް ބަހާލައިގެން، ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، އަދި ށ، އަތޮޅު ހިމެނޭ ޒޯނުގައި، ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ މިވަގުތު 60 ގައި ހުރިއިރު، އެ އަދަދު 200 އަށް އިތުރުކުރަން ނިންމާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި 3 ތަނެއްގައި ޕީ.ސީ.އާރް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރުވެސް ހަމަޖެހިފައިވާއިރު، މާދަމާ ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ޕީސީ.އާރް ޓެސްޓިންގ ފަށާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޑަބްލިޔު.އެޗް.އޯގެ އެހީގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި މިހާރު ޑަބްލިއު.އެޗް.އޯގެ އެހީއާއެކު ލިބިފައިހުރި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. ށ. ފުނަދޫ، ޅ. ނައިފަރު ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި. މިކަމަށް ބޭނުންވާ މެޝިންތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެކްޓިވް ސަރވައިލަންސް ކަންކަން ވެސް ކުރިއަށްދާނެ ކަމަށާއި އެކަންކުރަމުން ދަނީ މުޅި ރާއްޖެ ކަވަރވާގޮތަށް ޒޯންތަކަކަށް ބަހާލައިގެން ގައިޑްލައިނެއް ހަދައިގެން އޭގެ ދަށުން ކަމަށާއި ޓެސްޓްކުރުމުގެ ކަންކަން ވެސް ކުރެވެމުންދާ ކަމަށެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ކޮވިޑް-19ގެ ޕީސީއާރް ޓެސްޓް ކުރެވޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީއާއި، ނ. މާފަރުގެ އިތުރުން އައްޑޫ ސިޓީގައެވެ. އަދި ބ. އޭދަފުށްޓާއި، ރ. އުނގޫފާރާއި، ގދ. ތިނަދޫ އަދި ލ. ގަމުގައި ޖީން-އެކްސްޕާޓް ކާޓްރީޖް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެޗްއީއޯސީން ބުނެފައިވާ ގޮތުގައި، ކޮވިޑް-19ގެ ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ 45 ހާސް ކިޓް މިހާރު ވެސް ސްޓޮކުގައި އެބަހުއްޓެވެ. އަދި ޖީން-އެކްސްޕާޓް ކާޓްރީޖްގެ 11،000 ކާޓްރީޖް މިވަގުތު އެބަހުރިކަމަށްވެސް އެސެންޓަރުން މައުލޫމާތު ދީފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން 8834 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި މިބައްޔަށް ޕޮޒިޓިވްވި 31 މީހަކު ރާއްޖެއިން މަރުވެފައި ވެއެވެ. މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2509 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެތެރެއިން 127 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2019

މަކުނުދޫ އިންޖީނުގޭގައި ކަރަންޓުގެ ޚިދުމަތްދޭނެ ކެޕޭސިޓީ ނެތް: ކައުންސިލް

04 ފެބުރުއަރީ 2019
މަކުނުދޫ އިންޖީނުގޭގައި ކަރަންޓުގެ ޚިދުމަތްދޭނެ ކެޕޭސިޓީ ނެތް: ކައުންސިލް
17 ޖެނުއަރީ 2019

މާލެއަށް ކަރަންޓުދިނުމަށް ކެޕޭސިޓީ އިތުރުނުކުރާތާ ދެ އަހަރުވެއްޖެ: މުގުނީ

17 ޖެނުއަރީ 2019
މާލެއަށް ކަރަންޓުދިނުމަށް ކެޕޭސިޓީ އިތުރުނުކުރާތާ ދެ އަހަރުވެއްޖެ: މުގުނީ
28 އޮކްޓޯބަރު 2018

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

28 އޮކްޓޯބަރު 2018
ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
09 އޮކްޓޯބަރު 2018

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ވައިޓް އެލާރޓް ނެރެފި

09 އޮކްޓޯބަރު 2018
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ވައިޓް އެލާރޓް ނެރެފި
23 މެއި 2018

ރިޔާސީ އިންތިޚާބުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަނީ

23 މެއި 2018
ރިޔާސީ އިންތިޚާބުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަނީ
11 މެއި 2018

ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަތޮޅުތަކުގައި، މިރޭ ބާއްވާނީ ހިތަދޫގައި

11 މެއި 2018
ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަތޮޅުތަކުގައި، މިރޭ ބާއްވާނީ ހިތަދޫގައި
19 ނޮވެމްބަރު 2017

"ރަންނަމާރި ހަންޓް" އަތޮޅުތަކުގައި ވެސް ބާއްވަނީ

19 ނޮވެމްބަރު 2017
"ރަންނަމާރި ހަންޓް" އަތޮޅުތަކުގައި ވެސް ބާއްވަނީ
29 އޮކްޓޯބަރު 2017

އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިން ހެލުމެއް އަތުވެއްޖެ، އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނެތް:މެޓް އޮފީސް

29 އޮކްޓޯބަރު 2017
އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިން ހެލުމެއް އަތުވެއްޖެ، އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނެތް:މެޓް އޮފީސް
25 ޖޫން 2017

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި

25 ޖޫން 2017
މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި
01 މެއި 2017

މުއައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރަށް ތާއީދު އިތުރުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރަން: އެމްޑީޕީ

01 މެއި 2017
މުއައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރަށް ތާއީދު އިތުރުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރަން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް