Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަބީބާ ހުސައިން ހަބީބު

ރާއްޖޭގެ އެންމެ ދުވަސްވީ އަންހެން ލިޔުންތެރިޔާއަށް 90 އަހަރު!

ހަބީބާ އަށް މިހާރު މިވަނީ 90 އަހަރު ފުރިފައި

މަރިޔަމް ލައިޝާ ނަސީރު
މަރިޔަމް ލައިޝާ ނަސީރު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:53
ހަބީބާ ވަން އޮންލައިން އަށް ދެއްވާފައިވާ އިންޓަރވިއުގެ ތެރެއިން

ހަބީބާ ވަން އޮންލައިން އަށް ދެއްވާފައިވާ އިންޓަރވިއުގެ ތެރެއިން

އަންނަބީލާ ހަބީބާ ހުސައިން :ހަޔާތުގެ ގިނަ ދުވަސްތަކެއް އުނގެނުމާއި އުނގަންނައި ދިނުމުގައި

އެ ކަމަނާ އަކީ ލިޔެލާ ލިޔުންތަކުން އުދާސްވެފައިވާ މޫނުތަކަށް ހިނިތުންވުން ގެނުވައިދޭ، އެ ލިޔުންތައް ކިޔަމުންދާ ވަރަށް މާޔޫސްކަން ފިލުވައިދޭ، ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ކުޅަދާނަ ލިޔުންތެރިއެކެވެ. ލިޔުންތެރިކަމުގެ އިތުރުން ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ފުންނާބު އުސް ބޭކަނބަލެއް ވެސްމެއެވެ. އެއީ އަންނަބީލާ ހާބީބާ ހުސައިން ހަބީބުއެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ދިވެހި ގައުމަށް ހިދުމަތްކުރުމުގައި، އުދަރެހުގައި ފިޔަޖަހާ ބަބުޅަމުން ދިޔަ ތަރި ކަމަށްވާ ހަބީބާ އަށް މިވަނީ މިހާރު 90 އަހަރު ފުރިފައެވެ. އަދި އެތައް ބަޔަކު ގެންދަނީ އެކަމަނާގެ އަގުހުރި ޚިދުމަތްތައް ފާހަގަ ކުރައްވައި ތަހުނިޔާ އަރިސް ކުރައްވަމުންނެވެ.

އުމުރުފުޅުން ގާތްގަނޑަކަށް އެންމެ ދިހަ އަހަރުގައި ބައްޕާފުޅު އަންނަބީލް ހުސައިން ހަބީބު އާއިއެކު އިންޑިއާގެ ހައިޑްރާބާދަށް ހަބީބާ ވަޑައިގެން ތައުލީމް ހާސިލް ކުރެއްވީ އުރުދޫ ބަހުންނެވެ. އިންޑިއާގެ ހައިދުރާބާދުގައި ހަ ވަރަކަށް އަހަރު ހޭދަކުރައްވާފައި ވާއިރު، ރައީސް މުހައްމަދު އަމީން ދީދީވެސް ވަނީ ހަބީބާއާއި ހަބީބާގެ ބައްޕާފުޅާ ބައްދަލު ކުރައްވާފައެވެ.

މުހައްމަދު އަމީން ދީދީ ހަބީބާ އަރިހުގައި އޭރު ވިދާޅުވީ، އުރުދޫ ތައުލީމް ހުއްޓާލާފައި އިނގެރޭސި ތައުލީމަށް ބަދަލު ކުރުމަށެވެ. ސަބަބަކީ މުސަތަޤުބަލަށް ބޭނުންވާނީ އިނގިރޭސި ތައުލީމް ކަމުގައިވުމެވެ. އޭގެ އިތުރުން ބައެއް ކުދިން އިނގިރޭސި ކިޔެވުމަށް ސްރީލަންކާއަށް ފޮނުވާފައިވާ ވާހަކައާއި އޭގެ ތެރޭގައި މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން ވެސް ހިމެނޭ ކަމަށާއި، އެކުދިންގެ ތެރެއަށް ހަބީބާ ގެންދާނެކަމަށް ވެސް މުހައްމަދު އަމީން ދީދީ ވިދާޅުވިކަމަށް ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހަބީބާ ވިދާޅުވެފައި ވެއެވެ.

ލަންކާގައި ހަބީބާ ތައުލީމް ހާސިލްކުރަން ހުންނެވި ވަގުތުގައި ދިވެހި ބަހައް ހޭލުންތެރިވެ، އިތުރަށް އަހުލުވެރިވި ވާހަކަވެސް ހަބީބާ ހާމަ ކުރައްވާފައިވެއެވެ. މަޒުމޫނު ލިޔަންޖެހޭ ގޮތާއި، ބަހުގެ ހަމަތައް ވެސް އޭރު ދަސްކުރެއްވީ ޗުއްޓީ ދުވަސްވަރު މުހައްމަދު އަމީން ދީދީގެ އަރިހުންކަމަށް ހަބީބާ ވިދާޅުވިއެވެ.

ލަންކާގައި ތައުލީމް ހާސިލްކުރުމަށް ފަހު އަނބުރާ މާލެ ވަޑައިގެން ހަބީބާ ވަނީ އިނގިރޭސި ބަހުންނާއި، ދިވެހި ބަހުންނާއި، އުރުދޫ ބަހުން ލިޔުއްވާފައިވެއެވެ. ހަބީބާ ލިއުއްވި ބައެއް މަޖައްލާތަކުގެ ތެރޭގައި ވިޔަފާރި މިއަދު، މުންނާރު، މޫންލައިޓް، އަމާޒު އަދި ފަތްތޫރަ ހިމެނެއެވެ.

މީގެ އިތުރުން ލިޔުންތެރިކަން ދަސްކުރަން ބޭނުންވާ ކުދިންނަށް ހަބީބާ ވަނީ ހާއްސަ މެސެޖެއް ވެސް ދެއްވާފައެވެ.

ހަބީބާ މަސައްކަތް ކުރައްވާފައިވާ ދާއިރާތަކުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވޭ އަނެއް ދާއިރާ އަކީ ކިޔަވައިދެއްވުމާއި، އުނގަންނައިދިނުމެވެ. އެގޮތުން ހަބީބާ ވިދާޅުވެެފައިވަނީ

ހަބީބާ އުނގަންނައިދެއްވީ ދިވެހި، ތާރީޚް، އަދަބިއްޔާތު، އަދި އިނގިރޭސި މާއްދާތަކެވެ. އަދި އުނގަންނައިދެއްވަން ވަޑައިގެންނެވި ސްކޫލްތަކުގެ ތެރޭގައި އަމީނިއްޔާ، އަދި މަޖީދިއްޔާ ސްކޫލް ވެސް ހިމެނެއެވެ.

ހަބީބާ ވަނީ އުރުދޫ ކްލާސްތަކެއް ވެސް ނަންގަވައިދެއްވާފައެވެ. އެގޮތުން މި ކްލާސްތައް ނަންގަވައިދެއްވީ މަޝްހޫރު އަދީބު އިބްރާޙިމް ޝިހާބުގެ އެދިވަޑައިގަތުމުގެ މަތިން އެކުދިން އުރުދޫ ކިޔަވަން ދާން އުޅޭތީ ކަމަށާއި، ދިއުމުގެ ކުރިން އުރުދޫއިން ވާހަކަ ދައްކާ އުޅެވޭވަރު ކޮށްދޭން ވާނެކަމަށް ވެސް ޝިހާބު ވިދާޅުވެފައިވާތީއެވެ. ދެ އަހަރު ވަންދެން ހަބީބާ މި ކްލާސްތައް ނަންގަވައިދެއްވީ، ހިލޭ ސާބަހަށް އެއްވެސް އުޖޫރައަކާ ނުލާ، ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ މަގްސަދުގައެވެ. މިކަމުން ވެސް ދޭހަ ވެގެންދަނީ ހަބީބާއަކީ ޤައުމު ދެކެ ލޯބިވާ ދިވެހި ކަނބަލެއްކަމެވެ.

އަދި ހަމަ އެހެންމެ ހަބީބާއަކީ ޤައުމީ ހިދުމަތުގައި 29 އަހަރަށް ވުރެ ދިގު މުއްދަތެއް ގައުމީ ކުތުބުހާނާގައި ހިދުމަތްކުރައްވާފައިވާ ބޭކަނބަލެކެވެ. ތަފާތު އެކި މަގާމުތައް ފުރުއްވާ ހިދުމަތުގައި އިހްލާސްތެރި ކަނބަލެއް ކަމަށްވސް ފާހަގަކޮށްލެވެއެވެ.

ހަބީބާގެ އުމުރު ވޭތުވެގެން ދިޔައީ އެކި އެކި ރޮނގުން ގައުމަށް ހިދުމަތް ކޮށްދެއްވުމުގައެވެ. މިގޮތުން ސަރުކާރުން ވަނީ އެކި ފަހަރުމަތިން ހަބީބާގެ އަގު ވަޒަންކޮށް، އިނާމު ދެއްވާފައެވެ. މީގެ ތެރޭގައި ނިޝާން ދިޔަމިގިލީގެ ޝަރަފާއި، މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާއްސަބަތުގައި ގައުމަށް ހިދުމަތް ކޮށްދެއްވި ކަމުގެ ޝަރަފުވެރި އިނާމާއި، އަދި ނޫސްވެރި ކަމުގެ ރޮނގުން ރަންގަލަން ވެސް ލިބިވަޑައިގެންފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު