Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯނޑެއްދޫން އިތުރުމީހަކު ޕޮޒިޓިވް

ހޯނޑެއްދޫން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު ޕޮޒިޓިވްވެފައިވަނީ ކޮންޓެއްޓުވި މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ސެޕްޓެމްބަރު 2020 | ބުދަ 18:15
ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ގއ. ވިލިނގިލި ކޮވިޑް ފެސިލީޓިއަށް އިތުރު ފަރުވާއަށް ގެންދަނީ

ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ގއ. ވިލިނގިލި ކޮވިޑް ފެސިލީޓިއަށް އިތުރު ފަރުވާއަށް ގެންދަނީ

ގދ. ހޯނޑެއްދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ހާމަކޮށްފައިވާ އިރު، އެ ރަށުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބުދަ ދުވަހު ޕޮޒިޓިވްވި މީހާއެކު އެރަށުން 36 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 3 ސެޕްޓެމްބަރުގައި ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ސާމްޕަލް ނެގި މީހުންގެ ތެރެއިން 4 މީހަކާއި، ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 32 މީހެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވި ހޯނޑެއްދޫން އިތުރު ސަމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ އަލާމާތްތައް ހުރި މީހުންނާއި ކޮންޓެކްޓުން ކަމަށެވެ. މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާރު ފެނިފައިވަނީ ހޯނޑެއްދޫންނެވެ. ހޯނޑެއްދޫ މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އެ ރަށާއި ގުޅިފައިވާ މަޑަވެލި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަތޮޅު ތެރެއިން މިހާތަނަށް 92 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 85 ދިވެހިންނާއި، 7 ބިދޭސީންނެވެ. ކޮވިޑް ފެސިލިޓީތަކަށް ބަލާއިރު މާލެ ފިޔަވައި އަތޮޅު ތެރޭގެ 3 ފެސިލިޓީއެއްގައި 7 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު