Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

އޭއެފްސީ ކަޕާ މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމަނީ

ބުރާސްފަތި ދުވަހު ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 16:44
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމާ މެދު އޭއެފްސީން އަންގާރަ ދުވަހު ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މެދުކަނޑާލީ މާޗު މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން އޭއެފްސީން ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން އޮކްޓޯބަރު މަހު އަލުން ފެށުމަށް ނިންމާފައެވެ. އެގޮތުން ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެކަމަކު ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ނެތްއިރު، ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މުބާރާތް ކެންސަލް ކުރުމާ މެދު ގޮތެއް ނިންމަން އޭއެފްސީގެ ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާ، މުބާރާތާ މެދު ރަސްމީކޮށް ވަކި ގޮތެއް ކަނޑައަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭއެފްސީ ކަޕްގެ އިތުރުން މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުވެސް ކެންސަލް ކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މީގެ ކުރިން އޭއެފްސީން ވަނީ މި ދެ މުބާރާތް ކެންސަލް ނުކޮށް މުބާރާތް ފުރިހަމަކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ.

ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖެ އާއި ދުނިޔޭގެ ހާލަތުވެސް މިހާރު މި އޮތް ގޮތުން ބޮޑަށް ބެލެވެނީ މުބާރާތް ކެންސަލް ކުރަން ނިންމާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، މިހާރު އޮތް ތާވަލުގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މާލޭގައި ކުރިއަށްދާނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު