Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާމްދަނީ ހޯދުން - މާސްކް ފެހުން

ފިލްމީ ތަރި އައިޝާ މިހާރު މާސްކް ފެހުމުގައި!

މާސްކް ފެހުމުގެ މަސައްކަތް ފެށީ ވަޒީފާއަށް ނުނިކުމުގެ ގޭގައި ހުންނަން ޖެހުމުން

އައިޝަތު ޝަރުފާ
އައިޝަތު ޝަރުފާ, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 04:38
އައިޝާ - މާސްކް ފަހަން ފެށިއިރު މި ވިޔަފާރި އެހާ ފުޅާވެގެން ގޮސްދާނެ ކަމަށް އުންމީދެއް ނުކުރޭ

އައިޝާ - މާސްކް ފަހަން ފެށިއިރު މި ވިޔަފާރި އެހާ ފުޅާވެގެން ގޮސްދާނެ ކަމަށް އުންމީދެއް ނުކުރޭ

ދިވެހި ފިލްމް "ހިތް އެދެނީ" އިން އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ޢާއިޝަތު ޤުލްފާ (ޢައިޝާ) އަކީ މިއަދާ ހަމައަށް ވެސް ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ފަންނާނެކެވެ. "ވަފާތެރި ނުވެވުނަސް" "ގިނިހިލަ" ފަދަ މަޝްހޫރު ފިލްމްތަކުން ވެސް ޢައިޝާގެ ކުޅަދާނަކަން ފެނި، އާންމުންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައެވެ. "ޑާރކް ރެއިން އެންޓަރޓެއިންމެޓްގެ" ގެސްޓް ރޯލްތަކުން މިހާރު ވެސް ފެންނަމުންދާ އައިޝާ ކުޅެފައިވާ ލަވަތަކަކީ މިހާރު ވެސް އަޅުގަނޑުމެންނަށް އަޑު އިވެމުންދާ ރީތި ލަވަތަކެކެވެ.

އައިޝާ އަކީ ސޮނޭވާ ލޯންޖްގެ އެއަރޕޯރޓް ޓީމްގައި މަސައްކަތް ކުރަމުންދާ ހީވާގި ހޮސްޓެސްއެއް ނަމަވެސް ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ވަޒީފާ އަށް ނުނިކުމެ ހުންނަން ޖެހުނު ދުވަސްތަކުގައި އައިޝާ މި ވަނީ ތަފާތު މަސައްކަތެއް ކުރަން ފަށާފައެވެ. އެގޮތުން އައިޝާ އާއި އޭނާގެ ތިން ދައްތަ ބައިވެރިވެގެން މާސްކް ވިއްކުމުގެ ވިޔަފާރިއެއް ފަށާފައިވާއިރު، އެންމެ ފުރަތަމަ މާސްކް ފަހަން ފެށީ ވިޔަފާރިއެއް ފެށުމުގެ ނިޔަތެއްގައި ނޫން ކަމަށް އައިޝާ ބުންޏެވެ.

އާދައިގެ ގޮތަކަށް މި ވިޔަފާރި ފެށުނު ކަމުގައިވީނަމަވެސް، މިހާރު "މައި ޑިޒައިންސް" އޭ ބުނުމުން އެއީ ކީއްކުރާ ކޮންބައެއްކަން ނޭނގޭ ދިވެއްސެއް ވަރަށް މަދުވާނެއެވެ. ބުރުގާ އަޅާ މީހުންނަށް ޚާއްސަކޮށް "ހިޖާބް މާސްކް" އެންމެ ފުރަތަމަ ތަޢާރަފު ކުރީވެސް މައި ޑިޒައިންސް އިން ކަމަށް އައިޝާ ބުނެއެވެ. ތަފާތު ޑިޒައިންތަކާއި ވެރައިޓީތަކުގެ މާސްކް މައި ޑިޒައިންސް އިން ލިބެން ހުންނަ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ޕްރޮޑަކްޓްގެ ކޮލިޓީ ހިފެހެއްޓުމަށް ކަމަށް އައިޝާ ބުންޏެވެ. އޭގެ އިތުރުން އޯޑަރުތައް އެ ބުނެފައި އޮންނަ ދުވަހަކަށް ނިންމުމަށް ވަރަށް ޚާއްސަ ސަމާލު ކަމެއް ދޭ ކަމަށް އައިޝާ ބުންޏެވެ.

ޢާއިލާ އާއި ރައްޓެހިންނާއި ހަމައިން ފެށި މި ވިޔަފާރި ފުޅާވަމުން ގޮސް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100-250 އާއި ދެމެދުގެ އަދަދަކަށް މާސްކް ތައްޔާރު ކުރާ ކަމަށް އައިޝާ ބުނެއެވެ. އެގޮތުން، އޮފީސްތަކުންނާއި، ރަށްރަށުން ވެސް ވަރަށް ބޮޑު ތަރުޚީބެއް ލިބި ބަލްކް ކޮށް އޯޑަރުތައް ލިބެމުންދާކަން އައިޝާ ފާހަގަކޮށްފައިވެއެވެ.

"މައި ޑިޒައިންސް" ގެ ޕްރޮޑަކްޓްތައް މާރކެޓް ކުރުމުގައި ވެސް އެންމެ އިސްކޮށް ޙަރަކާތްތެރިވަމުން ގެންދާ އައިޝާ ބުނާ ގޮތުގައި، މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ބޭނުންވާ މެޓީރިއަލްތައް ފަސޭހައިން ނުލިބުމާއި، މެޓީރިއަލް ތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ނުވުމުވެ. އެހެންނަމަވެސް ޕްރޮޑަކްޓްގެ ކޮލިޓީ އާއި، އަގުތައް އެއްވަރެއްގައި ބެހެއްޓުމަށް ވަރަށް ޚާއްސަކަމެއް ދޭ ކަމަށް އައިޝާ ބުނެއެވެ.

މައި ޑިޒައިންސްގެ މާސްކް ތަކުގެ އަގު އުޅެނީ 25-50 ރުފިޔާއާ ދެމެދުގެ ރޭންޖެއްގައެވެ.

"މައި ޑިޒައިންސް" ގެ ދާއިމީ ކަސްޓަމަރުން އިތުރުވުމަކީ އާންމުންގެ ބޮޑު ތަރުޚީބެއް އޮތްކަން ހާމަވާ ކަމެއްކަމުގައި އައިޝާ ދެކެއެވެ. ދުވަހެއް ދުވަހަކަށް ލިބޭ އޯޑަރުތައް އިތުރުވުމާއި، ލިބޭ ޕޮޒިޓިވް ފީޑްބެކްތަކަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމުގައި އައިޝާ ބުންޏެވެ. މައި ޑިޒައިންސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އަދި، 7602777 ނަމްބަރަށް ވައިބަރ ކޮށްލުމުން، ބޭނުންވާ ވައްތަރެއްގެ މާސްކެއް އޯޑަރު ކޮށްލެވޭނެއެވެ.

ކުޑަ ކުޑަ ވިޔާފާރިއެއްވެސް ކުރިއަރައިގެން ދާނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުކަން ފާހަގަކޮށް އައިޝާ ބުނީ ދައްތަމެންނާއި އެކު ފެށި މި ވިޔަފާރިއަށް މިހާ ބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ ޢާއިލާގެ ހުރިހާ މެންބަރުންގެ ވެސް ބުރަ މަސައްކަތުންނެވެ. އެގޮތުން މި ވިޔަފާރި ކުރިއެރުވުމަށްޓަކައި ފަސް މެމްބަރުން ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ، މާސްކް ވިއްކުމުގެ ވިޔަފާރި ފަށައި ކުރިޔަށް ގެންދަމުންނެވެ. އެކި ގޮތްގޮތައް ހުންނަ މާސްކްތައް ފަހާ، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާ އާންމުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު