Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ރިއާ އެއްބަސްވެއްޖެ!

ރިއާ އަށް ވަނީ މަސްތުވާތަކެތި ގަނެ، ވިއްކައި، އަދި އޭގެ ބޭނުންކުރިކަމުގެ ތުހުމަތު ކުރެވިފައި

އަމަތު އާދަމް
އަމަތު އާދަމް | 8 ސެޕްޓެމްބަރު 2020 | އަންގާރަ 12:07
ރިއާ ޗަކްރަބަތީ

ރިއާ ޗަކްރަބަތީ

ސުޝާންތު ސިންގް ރާޖުޕުތުގެ މަރު ތަހުގީގުގެ ތެރެއިން މިހާރު ވަނީ އިތުރު ކަންތައްތަކެއް ފެންމަތިވެއްޖެއެވެ.

މަސްތުވާތަކެތި ގަނެ، ވިއްކައި، އަދި އޭގެ ބޭނުން ކުރިކަމުގެ ތުހުމަތު ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި އޭނާގެ ކޮއްކޮ ޝޮވިކް އަދި ސުޝާންތުގެ ގޭގެ މެނޭޖަރުގެ މައްޗަށް ވަނީ ކޮށްފައެވެ. މި ތުހުމަތުގައި ރިއާ ފިޔަވާ ދެން ތިބި ދެމީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި ރިއާ ހާޒިރު ކޮށްގެން ކުރި ސުވާލުތަކަށް ޖަވާބުދެމުން ރިއާ ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ރިއާގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ހަމަ އެކަނި މަސްތުވާތަކެތި ގެންގުޅުނު ކަމަށާއި، ދުވަހަކު ވެސް މަސްތުވާތަކެތި ވިއްކުމުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ކޮށްފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ރިއާ ބުނެފައިވަނީ ސުޝާންތުގެ ގެއަށް ގެނައި މަސްތުވާތަކެތި ގެނައީ ސުޝާންތު އަށް ކަމަށާއި، ރިއާ ހަމައެކަނި އެ އެއްޗިއްސާ ހަވާލުވީ ކަމަށެވެ.

މި ކަމާގުޅިގެން ރިއާ ޗަކްރަބަތީގެ ވަކީލް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރިއާ މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާ ކަމަށާއި، އަދި އެކަން ސާބިތުކޮށްދޭން ލޭގެ ޓެސްޓް ހަދަން ވެސް ރިއާ ހުރީ ތައްޔާރަށް ކަމަށެވެ.

މިހާރު ކުރިޔަށްދާ މަސްތުވާތަކެތީގެ މި މަސްސަލަ އާއި ގުޅިގެން ސުޝާންތުގެ ގޭގައި މަސައްކަތް ކުރި ދިޕޭޝް ކިޔާ މީހެއް ވެސް ވަނީ ހައްޔަރުކޮށް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. ދިޕޭޝްގެ ބަޔާނުގައި އޭނާ ބުނެފައިވަނީ ސުޝާންތު މަސްތުވާތަކެތި ބޭނުންކުރި ކަމަށާއި، ބޮލީވުޑް ދޫކޮށްލަން ވިސްނާ ވާހަކަ ވެސް ސުޝާންތު އޭނާ ގާތުގައި ދައްކާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއް ކަމެއް އަދި މިހާތަނަށް ހާމަވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2018

ފަންނޭ ޚާންގައި އައިޝްވަރިއާ އާއި އެކު ބިޔޯންސޭގެ ކޮރިއޯގްރާފަރު

26 ޖޫން 2018
ފަންނޭ ޚާންގައި އައިޝްވަރިއާ އާއި އެކު ބިޔޯންސޭގެ ކޮރިއޯގްރާފަރު
26 ޖޫން 2018

ސެޕްޓެމްބަރ 2017 ގައި އޮފްސެޓްއާ ކައިވެނި ކޮށްފައިވާކަމަށް ކާޑީ ބީ އެއްބަސްވެއްޖެ

26 ޖޫން 2018
ސެޕްޓެމްބަރ 2017 ގައި އޮފްސެޓްއާ ކައިވެނި ކޮށްފައިވާކަމަށް ކާޑީ ބީ އެއްބަސްވެއްޖެ
09 ޖޫން 2018

ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި

09 ޖޫން 2018
ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި
09 މެއި 2018

މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ

09 މެއި 2018
މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ
29 މާރިޗު 2018

މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!

29 މާރިޗު 2018
މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!
30 ނޮވެމްބަރު 2017

21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި

30 ނޮވެމްބަރު 2017
21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
26 ޖެނުއަރީ 2017

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް

26 ޖެނުއަރީ 2017
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު