Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑްގެ ހާލަތު

100ށްވުރެ ދަށުން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރާތާ 2 ދުވަސް

ހޯމަ ދުވަހު ރިޕޯޓްކޮށްފައިވަނީ 83 ކޭސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2020 | ހޯމަ 17:41
ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑް-19ށް ޖެހިގެން މިއަދު ވެސް ރިޕޯޓްކޮށްފައިވަނީ 100ށްވުރެ މަދު ކޭސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރިޕޯޓް ކޮށްފައިވަނީ 83 ކޭސްއެވެ. އެޗްޕީއޭ އިން ބުނި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. މީގެ އިތުރުން އެކަކު އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލ އިރު، މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8667ށް އަރާފައެވެ. ހޯމަ ދުވަހު 116 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާ އިރު، ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6052ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދުތައް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 2580އެވެ. އަދީއްތަ ދުވަހު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 2613އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ދަށްވެފައިވާ ކަމަށެވެ. އެގޮތުން އާދީއްތަ ދުވަހު 147 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާދިފައިވާ އިރު، ހޯމަ ދުވަހު ފަރުވާ ދެމުންދަނީ 142 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 2 ދުވަހު ވެސް ރިޕޯޓް ކޮށްފައިވަނީ 100ން ދަށުން ކޭސްތަކެވެ. އެގޮތުން އަދީއްތަ ދުވަހު 98 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި ހޯމަ ދުވަހު 83 ކޭސް އެއް ރިޕޯޓް ކޮށްފައިވެއެވެ. ފާއިތުވި ހަތް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަތް ދުވަހުގެ ތެރެއިން 3 ދުވަހު 100ން ދަށުން ކޭސްތައް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 80 މީހުންނެވެ.

އެޗްޕީއޭއިން ބުނީ 1118 މީހަކު އައިސޮލޭޝަންގައި މިވަގުތު އެބަތިބި ކަމަށެވެ. މީގެ އިތުރުން 35 ރަށަކުން އެކްޓިވް ކޭސް ފެނިފައިވާއިރު، މި ރަށްތަކުން 91 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކޮށްފައިވަނީ ގދ. ހޯނޑެއްދޫ އިންނެވެ. އެ ރަށުން 25 ކޭސްއެއް ފެނިފައިވެއެވެ. މީގެ އިތުރުން އެ ރަށާއި، އެ އަތޮޅު މަޑަވެލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް 22 ރިސޯޓަކުން 19 ފަތުރުވެރިންނާއި 48 މުވައްޒަފުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވައި ބ. ލ. އަދި ގއ ވިލިނގިލިގައި ހުންނަ ކޮވިޑް ފެސިލީޓިގައި 6 މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.

އެޗްޕީއޭ އިން ލަފާ ކުރާ ގޮތުގައި މިހާރު ފެންނަ ކޭސްތަކުގެ އަދަދު މަދުވާނީ މި މަހުގެ ފަހު ކޮޅުގައެވެ. އަދި އެކަން ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު