Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އަނެއްކާވެސް ނުރައްކަލަކަ ދިމާލަށް

އެމެރިކާ ވެއްޓެމުން އެދަނީ ބޮޑު އިންފެކްޝަނެއްގެ ތެރެއަށް: އެފްޑީއޭގެ ކުރީގެ ވެރިޔާ

ކުރިއަށް އޮތް ފިނި މުސުމާއެކު ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2020 | ހޯމަ 13:42
އެމެރިކާގައި ކޮވިޑް ޖެހިގެން ހާލު ސީރިއަސްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އެމެރިކާގައި ކޮވިޑް ޖެހިގެން ހާލު ސީރިއަސްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ | ރޮއިޓަރސް

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެމެރިކާ ވެއްޓެމުން އެދަނީ ބޮޑު އިންފެކްޝަނެއްގެ ތެރެއަށް ކަމަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ވެރިޔާ ޑރ. ސްކޮޓް ގޮޓްލީވް ވިދާޅުވެއްޖެއެވެ.

ޑރ. ސްކޮޓް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުން އުނދަގޫވާނެކަން ހާމަކުރައްވަމުންނެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ އިރު ކުރިއަށް އޮތް ފިނި މޫސުމަކީ ގޮންޖެހުމެއް ކަމަށެވެ.

ސީބީއެސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ. ސްކޮޓް ވިދާޅުވީ ފިނި މޫސުމުގެ ތެރޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ދަތިވާނެ ކަމަށާއި، ހޫނު މޫސުމުގައި ދިމާވި ގޮންޖެހުންތަކަށްވުރެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އެމެރިކާގައި ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ޑރ. ސްކޮޓް ވިދާޅުވި މެމޯރިއަލް ޑޭގައި ފެނުނު ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ އިރު، މަސައްކަތްތެރިންގެ ދުވަހު މީހުން އެއްވުމުގެ ސަބަބުން އިންފެކްޝަން ފެތުރިގެންދާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް މީހުން އެއްވެފައިވާތި އެކަމާއި ގުޅިގެން ވެސް ޑރ. ސްކޮޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. ސްކޮޓް ވިދާޅުވީ މެމޯރިއަލް ޑޭގައި އެކަނި ވެސް 40 ހާހަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށާއި، ދުވާލެއްގެ މައްޗަށް 21 ހާހަށްވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެ ދުވަހު އެކަނި ވެސް 1100 މީހުން މަރުވެފައިވާ ކަމަށެވެ. އާދިއްތަ ދުވަހު އެކަނި ވެސް 35 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޑރ. ސްކޮޓް ވިދާޅުވީ ދުވާލެއްގެ މައްޗަށް މިހާރުވެސް 40،000 ގާތްކުރަ އަދަދަކަށް ޕޮޒިޓިވްވަމުން އަންނަ އިރު، ހަފްތާއެއްގެ މައްޗަށް ބަލާނަމަ ދުވާލެއްގެ މައްޗަށް 850 މީހުން މަރުވަމުންދާ ކަމަށެވެ. މި އަދަދުތަކަށް ރިއާޔަތްކޮށް އޭނާ ވިދާޅުވީ ފިނި މޫސުމަކީ ބަލި ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރެއް ކަމުން ކުރިއަށް އޮތީ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ.

ބަލިމަޑުކަން ފެތުރެން ފެށިތާ މަސް ދުވަސް ވީއިރު އެމެރިކާ އާންމުން ވަރުބަލިވެފައިވާ ކަމަށް ޑރ. ސްކޮޓް ފާހަގަ ކުރެއްވިއެވެ. ޑރ. ސްކޮޓް ވަނި އިންފެކްޝަންގެ ތެރެއަށް ވެއްޓެމުން މި ދަނޑިވަޅުގައި މާސްކް އަޅާ މީހުންނާއި އިޖްތިމާއީ ގައިދުކަން ބަހައްޓާ މީހުންގެ އަދަދު ދަށް ވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޑރ. ސްކޮޓް ވިދާޅުވީ ކޮވިޑާއި ގުޅިގެން އާންމުން ގޭގައި ތިބެ ވަރުބަލިވެއްޖެ ކަމަށާއި، ކުދި ވިޔަފާރިތަކަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން އާންމުން ކުރިއަށް އޮތްތަނުގައި މި ކަންތައްތަކާއި ދުރުވެ ފިނި މޫސުމުގައި ފެންނަ މަންޒަރު ބަދަލު ވެގެންދާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 6.4 މިލިއަނަށް އަރާފައެވެ. ދުވާލެއްގެ މައްޗަށް އެ ގައުމުގައި 40،000 އާއި ގާތް ކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ހާހަކާއި ގާތް ކުރާ އަދަދަށް މީހުން މަރުވެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ލިސްޓުގެ އެއްވަނައިގައި އޮތީ އެމެރިކާއެވެ. ދެވަނައިގައި އޮތް ބްރެޒިލް ވައްޓާލުމަށްފަހު މިހާރު ދެވަނައިގައި 4.2 މިލިއަން ޕޮޒިޓިވް ކޭސްއާއެކު އޮތީ އިންޑިއާއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު