Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެންރިކުއޭޒް މަރާލުން

ޕެނަމާ ގައުމީ ޓީމަށް ކުޅުނު ހެންރިކުއޭޒް ގަޔަށް ބަޑިޖަހާ މަރާލައިފި

ހެންރިކުއޭޒް ޕެނަމާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2005 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 16 އެޕްރީލު 2017 | އާދީއްތަ 18:26
ބަޑި ޖަހާ މަރާލި ޕެނަމާ ގައުމީ ޓީމުގެ ހެންރިކުއޭޒް

ބަޑި ޖަހާ މަރާލި ޕެނަމާ ގައުމީ ޓީމުގެ ހެންރިކުއޭޒް

ޕެނަމާ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު މިޑްފިލްޑަރު އަމިލްކާ ހެންރިކުއޭޒް ގަޔަށް ބަޑި ޖަހާ މަރާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހެންރިކުއޭޒް ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ކޮލަމްބިއާގެ ޓައުންއެއްކަމަށްވާ ނުއެވޯ ކޮލޯންގައެވެ. އެހެންނަމަވެސް އޭނާ މަރާލި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މަރާލީ ދިރިއުޅޭ ގެއިން ނިކުތްތަކުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ހެންރިކުއޭޒް މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. ހެންރިކުއޭޒް ގެންގޮސްފައިވަނީ ޕެނަމާގެ ސަބަނިޓަސްގައި ހުންނަ ހޮސްޕިޓަލަކަށެވެ.

ޕެނަމާ ގައުމީ ޓީމަށް 75 މެޗު ކުޅެފައިވާ އުމުރުން 33 އަހަރުގެ ހެންރިކުއޭޒްގެ މަރާއެކު އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހެންރިކުއޭޒްގެ މަރުގެ ހަބަރަކީ ވަރަށް ހިތާމަވެރި ހަބަރެއް ކަމަށާއި، އޭނާގެ އާއިލާ އަށް ހެޔޮ ރަހްމަތް ލެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.

ހެންރިކުއޭޒްގެ މަރާއެކު މެކްސިކޯ ފުޓުބޯޅަ ފެޑެރޭޝަނުންވެސް ވަނީ މި ހިތާމަވެރި ވަގުތު އޭނާގެ އާއިލާއާއެކު ތިބިކަން ފާހަގަކޮށް ބަޔާނެއް ނެރެފައެވެ.

ހެންރިކުއޭޒް ޕެނަމާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި އެމެރިކާ އަތުން 1-1 ގެ ނަތީޖާއިން ޕެނަމާ އެއްވަރުވި މެޗުގައި ކުޅެފައެވެ.

ކޮލަމްބިއާގެ ކްލަބް އެމެރިކާ ޑީ ކާލީ އަށް މިދިޔަ ސީޒަނުގައި ކުޅުމަށްފަހު ހެންރިކުއޭޒް ވަނީ މި ސީޒަނަށް ޕެނަމާގެ އަރާބޭ ޔުނިޑޯ އަށް ބަދަލުވެފައެވެ. އެގޮތުން އޭނާ ކުޅެމުންދިޔައީ އެޓީމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު