Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ދައުލަތާއި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ފޯނު ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމައިފި

7 ސެޕްޓެމްބަރު 2020 | ހޯމަ 11:34

ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ސެޕްޓެމްބަރު 2020 | ހޯމަ 11:34
އޯޑިއޯ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން: ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަމުންދޭ

އޯޑިއޯ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން: ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަމުންދޭ

ދައުލަތާއި ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާއެކު، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަތުން އަތަށް ބަދަލު ކުރެވޭ ލިޔެކިޔުންތައް ވީހާވެސް މަދުކުރުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ކްރިމިނަލް ކޯޓަށް އިލެކްޓްރޯނިކް ޒަރީއާ އިން މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސައި، ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޒަރީއާ އިން ދައުވާ ލިބޭ ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކޯޓަށް ހާޒިރުވާ ވަކީލުންނަށް ވެސް މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ކަރުދާސް ކޯޓަށް ގެނައުމުގެ ބަދަލުގައި، އެ ލިޔުމުގެ ޑިޖިޓަލް ކޮޕީ ބޭނުންކު ރުމުގެ ފުރުސަތު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ ދަށުން، ޝަރީޢަތުގެ އަޑުއެހުންތަކުގެ ތާވަލް އެކުލަވާލަމުންދަނީ ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި އިބްތިދާއީ އަޑުއެހުން ނިމިގެން ޝަރީޢަތަށް ތާވަލް ކުރާއިރު، ދެގޮތަކަށް ތާވަލް ކުރެވޭ ކަމަށާއި ފުރަތަމަ ގޮތަކީ، ދެފަރާތުން ހެކިން ގެނެވޭނެ ކަމުގެ ޔަގީންކަން އޮތްނަމަ، ޝަރީޢަތުގެ އެއް އަޑުއެހުން އޮންނަ ގޮތަށެވެ. އެ އަޑުއެހުމުގައި ދެފަރާތުގެ ހެކިންގެ ހެކިބަސް ނަގައި ޚުލާސާ ބަޔާން ވެސް ހުށައަޅާ ގޮތަށެވެ.

ދެވަނަ ގޮތަކީ، އެއްދުވަހު ދެފަރާތުގެ ހެކިން ގެނެވޭނެކަމުގެ ޔަގީންކަން ނެތް ނަމަ، އަޑުއެހުންތައް ބާއްވާނެ ދުވަސްތަކެއް ދުރާލައި ކަނޑައަޅައި، ތާވަލެއް އެކުލަވާލަނީއެވެ. ބުނެވިދިޔަ ދެ ގޮތުގެމަތިން ޢަމަލު ކުރާނީ ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާކޮށް، ދެފަރާތުގެ ވަކީލުންގެ ތާވަލަށް ބަލައިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރުމަށް ވަކީލުންނާ މަޝްވަރާ ކުރަން ބަލާއިރު، ޢާންމު ގޮތެއްގައި ވަކީލުންގެ ތާވަލު އިންތިޒާމު ކުރަމުން ގެންދަނީ އޮންލައިން އެޕްލިކޭޝަންތަކުގެ އެހީގައި ކަމަށް ވުމާއެކު، ޝަރީޢަތުގެ މަޖިލީހަށް ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ފަދަ ވަސީލަތްތައް ނުވެއްދޭތީ، ތާވަލު ބެލުމުގެ ފުރުޞަތު ދިނުމަށް ވަކީލުން އެދެމުންދާ ކަމަށެވެ. އެ ފުރުޞަތު ދިނުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން މެދުކަނޑާލަން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ކޯޓާއި ވަކީލުންގެ ވަރަށް ގިނަ ވަގުތު ގެއްލިގެންދާ ކަމަށް ކޯޓުން ބުނެއެވެ.

މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، 07 ސެޕްޓެމްބަރ 2020 އިން ފެށިގެން، ދައުލަތާއި ދަޢުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓްފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދިނުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެކޯޓުން ބުނެފައި ވެއެވެ.

ދައުލަތާއި ދަޢުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުޞަތު ދިން ނަމަވެސް، މި ވަސީލަތްތައް މެދުވެރިކޮށްގެން ޝަރީޢަތުގެ މަޖިލީހުގެ ކަންކަން ރެކޯޑްކޮށް ފޮޓޯ ނަގާ ހެދުމަކީ މަނާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ، އެ ވަކީލަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ޤާޟީއަށް ލިބިގެންވާ ކަމަށާއި މި ބަދަލުތަކަކީ ޖިނާއީ ޢަދުލު ނިޒާމުގެ ދުވެލި އަވަސްކޮށް ޒަމާނީ އުޞޫލުތައް ތަޢާރަފު ކުރުމަށް ކްރިމިނަލް ކޯޓުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް