Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ޅ. ނައިފަރު

ނައިފަރު ރައްޔިތުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ

7 ސެޕްޓެމްބަރު 2020 | ހޯމަ 08:13

މުޅިއެކު 9 މީހުން އެރަށުން ކޮވިޑް-19 އަށް ޕޮޒެޓިވް ވެފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ސެޕްޓެމްބަރު 2020 | ހޯމަ 08:13
ނައިފަރުން 9 މީހަކު ވަނީ ކޮވިޑަށް ޕޮޒެޓިވް ވެއްޖެ

ނައިފަރުން 9 މީހަކު ވަނީ ކޮވިޑަށް ޕޮޒެޓިވް ވެއްޖެ

ރަށުގެ ރައްޔިތުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ޅ.ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެ ޓީވީގެ ކޮވިޑް-19 ގެ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ކާރިމްވަނީ ރަށުގެ ހާލަތު ހިއްސާ ކުރައްވާފައެވެ. އަދި މުޅިއެކު 9 މީހުން އެރަށުން ކޮވިޑް-19 އަށް ޕޮޒެޓިވް ވެފައިވާކަމަށާ މިހާރު އެތަނުން އެކަކު ރަނގަޅު ވެފައިވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

Advertisement - newsAdvertisement

ކާރިމް އިތުރަށް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގް އާ ޓެސްޓުކުރުމުގެ ކަންކަން ނިމިފައިވާކަމަށެވެ. މިހާރު ޕޮޒިޓިވް ވެގެން އުޅެނީ ހޯމް ކަރަންޓީނަށް ގެނައި ބައެއްް ކަމަށާ އެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައި ވަނީ 14 ދުވަހަށް ފަހު ކުރި ޓެސްޓުން ކަމަށެވެ. މިހާރު ރަށުގެ ހާލަތު ނޭނގެ ކަމަށާއި ރަށުގެ އެންމެހާ ރައްޔިތުންވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ކާރިމް ވިދާޅުވިއެވެ.

އަދި އެއްޗެހި ހަވާލު ކުރުމުގެ ތެރެއިން އާއްމުންނާ ކޮންޓެކްޓް ވެފައިވާކަމަށް ބެލެވޭ ކަމަށްވެސް ކާރިމް ފާހަގަ ކުރެއްވިއެވެ. ހޮސްޕިޓަލުން މިހުރިހާ ކަމެއްވެސް ނުހަނު ގާތުން ބަލަމުން ދާއިރު ވަސީލަތްތައް މަދުވަމުން ދާކަމަށް ކާރިމް ވިދާޅުވިއެވެ. ރަށު ތެރެއިން ކައުންސިލުން ބޭނުންވާ ބައެއް ތަކެރި ލިބުމަށް ދަތިތަކާ ކުރިމަތި ވަމުން ދާކަމަށްވެސް ކާރިމް މައުލޫމާތު ދެއްވިއެވެ.

ރައްޔިތުންގެ އަމަލުތައް ކިޔާދެއްވެމުން ކާރިމް ވިދާޅުވީ ބައެއް ފަރާތްތަކުން މާސްކު އަޅައިގެން އުޅޭއިރު އަނެއްބައި ފަރާތްތަކުން މާސްކު ނާޅާ ކަމަށާއި މިކަމާ ގުޅިގެން ކައުންސިލުން އަދި ހޮސްޕިޓަލުންވެސް ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް ނަސޭހަތްތެރި ވަމުން ދާކަމަށެވެ. އަދި ބައެއް ބޯޓުތަކުން ގެންނަ ތަކެތި ޑިސްއިންފެކްޓް ނުކުރެވޭ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ރަނގަޅަށް ހުރިހާ ކަމެއް މޮނިޓަރ ނުކުރެވޭ ކަމަށާ މަސައްކަތް ހަވާލު ކޮށްފައިވާ ފަރާތްތަކުން ރަނގަަޅަށް މަސައްކަތް ނުކުރާ ކަމަށްވެސް ކާރިމް ފާހަގަ ކުރެއްވިއެެވެ.

ކޮންމެސް ވަރަކަށް މާލެއިން ދާ ފަރާތްތަކާމެދު ބައެއް ރަށްރަށުގެ ރައްޔިތުން ތަފާތު ކުރުން ގެންގުޅޭ ކަމަށާ ނަމަވެސް ނައިފަރުގައި އެހާބޮޑަށް މިކަން ފާހަގަ ނުކުރެވޭ ކަމަށް ކާރިމް ހިއްސާކުރެއްވިއެވެ. އަދި އެކަކު އަނެކަކުގެ ހާލު ބަލަމުން ދާކަމަށާ ގިނަ ރައްޔިތުން އުޅެނީ ގުޅިގެން ކަމަށްވެސް ކާރިމް ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް