Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ

ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އެއްވެސް ވާހަކައެއް ސިޓީގައި ހިމަނާފައެއް ނެތް: ހަސަން ލަތީފް

7 ސެޕްޓެމްބަރު 2020 | ހޯމަ 05:29

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2020 | ހޯމަ 05:29
ޓީޓީ އެސޯސިއޭޝަނުގެ މައްސަލައިގައި ތާޅަފިލި އަލިބެ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ހަސަން ލަތީފް

ޓީޓީ އެސޯސިއޭޝަނުގެ މައްސަލައިގައި ތާޅަފިލި އަލިބެ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ހަސަން ލަތީފް

ކޯޓަށް ގޮސްފިނަމަ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑް ކުރާނެ ކަމުގެ އެއްވެސް ވާހަކައެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ފޮނުވި ސިޓީގައި ހިމަނާފައި ނުވާ ކަމަށް ޤާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ޓީޓީ އެސޯސިއޭޝަނުގެގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. އަލިބެގެ ޤާނޫނީ ވަކީލަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމާއެކު ޓީޓީ އެސޯސިއޭޝަނުން ވަނީ ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އެކަމަކު ތާޅަފިލި އަލިބެ ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

މީގެ ކުރިން ޓީޓީގެ އިންތިޚާބު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއެކު، ޓީޓީ އެސޯސިއޭޝަނުން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެފައެވެ. އެއާއެކު އާދީއްތަ ދުވަހު ސިވިލް ކޯޓުން ނެރުނު އިޖުރާއީ ނިންމުމުގައި ބުނެފައިވަނީ މި މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތައް ނޫން ކަމަށާއި، މި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ހަސަން ލަތީފް ވިދާޅުވީ އައިޓީއެފްއިން ޓީޓީ އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ ތެރެއަށް ނިންމާ ކަންކަމަށް ހުރިހާ ފަރާތްތަކަކުންވެސް އިހުތިރާމް ކުރަންވާނެ ކަމަށެވެ. އެގޮތުން ތާޅަފިލި އަލިބެ އާއި ހިންގާ ކޮމިޓީގައި ދެން ތިއްބެވި އަނެއް ދެ މެންބަރުން ކަމަށްވާ އާއިޝަތު ނިޝާ އަދި އިބްރާހީމް ލަތީފް، ސްޕޯޓްސް ކޮމިޝަނާއި ސްޕޯޓްސް ކައުންސިލަށްވެސް އެދެފައިވާނީ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކޮށްދިނުމަށްފަހު މިނިވަން އިންތިޚާބެއް ބޭއްވުމަށް ކަމަށާއި، އައިޓީއެފްއިން ފޮނުވި ލިޔުމުގައި ކޯޓަށް ނުދެވޭނެ ކަމަށާއި، ކޯޓަށް ގޮސްފިނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ ކުރިން ތާޅަފިލި އަލިބެ ނެރުއްވި ބަޔާނުގައިވެސް ބުނެފައިވަނީ އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި އެކަމުގެ ސަބަބުން ޓީޓީގެ ބައިނަލްއަގުވާމީ އިދާރާ ކަމަށްވާ އައިޓީޓީއެފްއިން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅައި، އަދި އެފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓީޓީ ސަސްޕެންޑްވެދާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ކޯޓުގައިވާ މައްސަލައަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެކަމަކު އާދީއްތަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ސަސްޕެންޝަނުގެ ވާހަކަތަކަކީ ހަގީގަތެއް ކަމަށެވެ. އަދި ކުޅިވަރުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެ ގޮތެއް ކުޅިވަރުގެ ޤާނޫނުގައިވެސް ހިމެނިފައި ނެތްކަން އެނގެން އެބައޮތް ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން އައިޓީޓީއެފްއިން ފޮނުވި ސިޓީގައިވާ ކަންތައްތަކަށް ނުބަލައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރާތީ ހިތާމަކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަން މައްސަލަ ކޯޓުގައި އޮތް ނަމަވެސް، އަންގާރަ ދުވަހު އެ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް