Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ފޯރުކޮށްދިނުން

ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ

ގާނާއަށް ލިބިފައިވަނީ އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑުން އުފެއްދި ވެކްސިންގެ ހަލައްކަ ޑޯޒު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 17:57
މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ

މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ

އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް މިހާރުވެސް ވަނީ ކޮވިޑް ވެކްސިން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ކުރިއަރާފައިވާ ގައުމުތަކާ އަޅާކިޔާނަމަ އެގައުމުތައް އުޅެނީ މާބޮޑަށްވެސް ފަހަތުގައެވެ. އެހެންނަމަވެސް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެކުލަވާލި ކޮވެކްސް ފެސިލިޓީއާއެކު ހުރިހާ އެންމެންނަށްވެސް ވެކްސިން ލިބޭނެކަމުގެ އުންމީދު އެބައޮތެވެ.

ކޮވިޑްގެ މި ޕެންޑަމިކް ނިމުމަކަށް އަންނަންއޮތީ ހުރިހާ އެންމެންނަށްވެސް ވެކްސިން ލިބިގެންނެވެ. އެހެންކަމުން އެކަމަށްޓަކައި ޑަބްލިޔުއެޗްއޯއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބުދަ ދުވަހު އެފްރިކާ ސަރަހައްދުގެ ގައުމެއް ކަމުގައިވާ ގާނާއަށް މިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބިފައެވެ. ގާނާއަކީ ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމެވެ. ގާނާއަށް ލިބިފައިވަނީ އެސްޓްރަޒެނިކާއާއި އޮކްސްފޯރޑުން އުފެއްދި ވެކްސިންގެ ހަލައްކަ ޑޯޒެވެ. މިއީ ކޮވެކްސް ފެސިލިޓީގެ ފުރަތަމަ ކާމިޔާބީއެވެ. އަދި ކުރިޔަށް އޮތީއެވެ. އެހެންނަމަވެސް ވެކްސިން އުފައްދާ ކުންފުނިތަކުން އެކަށީގެންވާ މިންވަރަށް ވެކްސިން ހޯދުމަށް ކޮވެކްސްއަށް ވަނީ ގިނަ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

ކޮވެކްސް ފެސިލިޓީއަކީ ޑަބްލިޔުއެޗްއޯއާއި ބައިނަލްއަގްވާމީ އިތުރު ދެ ގްރޫޕަކާއި ގުޅިގެން އުފައްދާފައިވާ ފެސިލިޓީއެކެވެ. މިފެސިލިޓީގައި ދެން ހިމެނެނީ ގަވީ ވެކްސިން އެލައަންސާއި ކޯލިޝަން ފޮރ އެޕިޑެމިކް ޕްރިޕެއަރޑްނަސް އިނޮވޭޝަންސް (ސީއީޕީއައި)އެވެ.

މިފެސިލިޓީއަށް ފަންޑު ލިބެނީ ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކާއި މުއްސަނދި ގައުމުތަކުންނެވެ. ދާދިފަހުން އިންޑަސްޓްރިއަލް ގައުމުތަކުން ބޭއްވި ސަމިޓްގައި ގިނަ ގައުމުތަކެއްގެ ލީޑަރުންތަކެއް ވަނީ މިފެސިލިޓީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން މިއަހަރު ނިމެންވާއިރު އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން 92 ގައުމަކަށް 1.3 ބިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދޭނެއެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ދެ ބިލިއަން ޑޯޒް 190 ގައުމަކަށް މިއަހަރު ތެރޭގައި ފޯރުކޮށްދިނުމަކީ އަމާޒެކެވެ. އެއީ ދުނިޔޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް އެންމެ މަދުވެގެން މިއަހަރު ނިމެންވާއިރަށް ވެކްސިން ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެއަށްވުރެ މުހިން ކަމެއް ދީގެން މިއަހަރު ތެރޭގައި އެންމެ މަދުން އާމްދަނީ ލިބޭ 92 ގައުމުކަށް އެއްވެސް އަގަކާ ނުލާ ވެކްސިން ފޯރުކޮށްދިނުމަކީ ކުރަމުން އަންނަ ކަމެކެވެ.

މުއްސަނދި ގައުމުތަކާއި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށްވެސް މިފެސިލިޓީގެ ދަށުން ވެކްސިން ލިބޭނެއެވެ. އެހެންނަމަވެސް އެގައުމުތަކުން ޖެހޭނީ ވަކި މިންވަރެއްގެ ފައިސާ ފެސިލިޓީއަށް ދައްކާށެވެ. އެއީ އެފައިސާއިން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޚަރަދުކުރުމުގެ ގޮތުންނެވެ.

ކޮވެކްސް ފެސިލިޓީން ވަނީ ކޮވިޑް ވެކްސިން އުފައްދަމުން އަންނަ އެކި ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާފައެވެ. އޭގެތެރޭގައި ފައިޒަރ އާއި ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތައް ހިމެނެއެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވުން ހަދާފައިވަނީ އެސްޓްރަޒެނިކާ އާއެކުއެވެ. އެވެކްސިނަކީ ރައްކާކޮށްފައި ބެހެއްޓުމަށްވެސް ފަސޭހަ ވެކްސިނެކެވެ.

ކޮވެކްސް ފެސިލިޓީން ބުނާ ގޮތުން ނަމަ އެފެސިލިޓީން ވަނީ މިހާތަނަށް ވެކްސިންގެ 1.2 ބިލިއަން ޑޯޒް ކަށަވަރުކޮށްފައެވެ. މީގެތެރެއިން ބޮޑު ބައެއް ފޯރުކޮށްދޭން ފެށޭވަރުވާނީ އަންނަ މަރޗް މަސް ތެރޭގައި ކަމަށް އެފެސިލިޓީން ބުނެއެވެ. އަދި ކުދިކުދި ޝިޕްމަންޓްތައް މިފެބްރުއަރީ މަސް ނިމޭ ހިސާބުގައިވެސް ފޯރުކޮށްދޭނެކަމަށް އެފެސިލިޓީން ބުނެއެވެ.

އެފެސިލިޓީން މަސައްކަތްކުރަމުން އަންނަނީ އެންމެ ފުރަތަމަ ބެޗް މިއަހަރުގެ މެދު ތެރޭގައި ގައުމުތަކަށް ފޯރުކޮށްދިނުމަށެވެ. އެއީ އެސްޓްރަޒެނިކާގެ 336 މިލިއަން ޑޯޒެވެ. އަދި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިޒަރ ވެކްސިންގެ 1.2 މިލިއަން ޑޯޒް ފޯރުކޮށްދޭން ފެށުމަކީ އަމާޒެކެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ ފަގީރު ގައުމުތަކަށެވެ. ނަމަވެސް ވެކްސިން ލިބެމުންދަނީ މުއްސަނދި ގައުމުތަކަށެވެ. މުއްސަނދި ގައުމުތަކުން ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތަކާއެކު ވެކްސިންގެ ގިނަ ޑޯޒްތަކެއް އެގައުމުތަކުން ވަނީ ކަށަވަރުކޮށްފައެވެ.

އެއާއެކު ކޮވެކްސްއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަމުގައި އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ބޭނުންވާ މިންވަރަށް ޑޯޒްތައް ލިބުމުގައި އަންނަނީ ލަސްތަކެއް ކުރިމަތިވަމުންނެވެ. އެހެންކަމުން ކަނޑައަޅާފައިވާ ތާރީޚުތަކުގައި ވެކްސިން ފޯރުކޮށްދިނުމަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

މުއްސަނދި ބައެއް ގައުމުތައްކަމުގައިވާ އިނގިރޭސިވިލާތް އަދި ކެނެޑާއިން ވަނީ އެގައުމުތަކުގެ މުޅި އާބާދީއަށް އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ވެކްސިން ދެވޭވަރަށް ވެކްސިންގެ ޑޯޒްތައް ހޯދާފައެވެ.

އދ އިން އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެގައުމުތަކަށް އެކަމާއި ގުޅިގެން ފާޑުކިޔަމުންނެވެ. އެއްވެސް ހަމައެއް އިންސާފެއްނެތި ބޮޑެތި އަދަދުތަކުން މުއްސަނދި ގައުމުތަކަށް ވެކްސިން ލިބެމުންދާއިރު ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ ދުވަހެއްވެސް ނޭންގެއެވެ.

ފެބްރުއަރީ މަހުގެ މެދު ތެރެއާ ހިސާބަށް އައިއިރު ވެކްސިން ޖަހަން ފަށާފައިވާ ގައުމުތަކުގެ ތެރެއިން 10 ގައުމަކުން ވަނީ ހުރިހާ ވެކްސިނެއްގެ 75 އިންސައްތަ ވެކްސިން ހަމައެކަނި އެގައުމުތަކަށް ހޯދާފައެވެ. އެހެންނަމަވެސް ހަމަ މިހިސާބަށް އައިއިރު 130 ގައުމެއްގައި އުޅޭ 2.5 ބިލިއަން މީހުންގެ ތެރެއިން އެއްވެސް މީހަކަށް ވެކްސިންގެ އެންމެ ޑޯޒެއްވެސް ލިބިފައެއްނުވެއެވެ.

ބުދަ ދުވަހު ގާނާއަށް ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބިގެންދިޔުމަކީ މިތަފާތުކުރުންތައް ނައްތާލުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއާއެކު ވެކްސިން ލިބުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކާ ދެމެދު މިއޮތް ފަރަގު މިހާރަށްވުރެ ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު