Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އާއި ޑަބްލިޔުއެޗްއޯގެ ގުޅުން

އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދައްކަންޖެހޭ 80 މިލިއަން ޑޮލަރު ނުދައްކާނެ

އެމެރިކާއިން ޑަބްލިޔުއެޗްއޯއިން ވަކިވުމަށް ހަމަޖެހިފައިވަނީ އަންނަ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 03:41
ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އިމާރާތް

ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އިމާރާތް

އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް މިއަހަރު ދައްކަންޖެހޭ 80 މިލިއަން ޑޮލަރު ނުދައްކާނެ ކަމަށާއި އޭގެ ބަދަލުގައި އެފައިސާ ޚަރަދުކުރާނީ އދ. އަށް ނިއުޔޯކަށް ދައްކަންޖެހޭ ބިލްތައް ދެއްކުމަށް ކަމަށް އެގައުމުން ބުނެފި އެވެ.

އެމެރިކާއިން ޑަބްލިޔުއެޗްއޯއިން ވަކިވުމަށް ހަމަޖެހިފައިވަނީ އަންނަ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ. ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ޑަބްލިޔުއެޗްއޯއިން ޗައިނާއިން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަމުންދާކަމަށް ބުނެ ޑަބްލިޔުއެޗްއޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޑަބްލިޔުއެޗްއޯއިން އަންނަނީ ޓްރަމްޕްގެ އެތުހުމަތުތައް ދޮގުކުރަމުންނެވެ.

1948 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން އެކުލަވާލާފައިވާ ރެޒޮލިޔުޝަންގެ ދަށުން ޑަބްލިޔުއެޗްއޯއިން ވަކިވުމަށް އެއް އަހަރުގެ ނޯޓިސް އެއް ދޭން ޖެހޭނެއެވެ. އަދި އެއަހަރަކު ޑަބްލިޔުއެޗްއޯއަށް ދައްކަންޖެހޭ ފައިސާ އެއަހަރަކު ދައްކަންވެސް ޖެހޭނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ބިޔުރޯ އޮފް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އެފެއަރޒް ގެ ޑެޕިޔުޓީ އެސިސްޓެންޓް ސެކެޓްރީ އޮފް ސްޓޭޓް ނެރިސާ ކުވް ވިދާޅުވީ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް 2019 ވަނަ އަހަރު ދައްކަންޖެހޭ ފައިސާގެ ތެރެއިން 18 މިލިއަން ޑޮލަރާއި މިއަހަރު ދައްކަން ޖެހޭ ފައިސާއިން 62 މިލިއަން ޑޮލަރު އަދި އެބައޮތްކަމަށެވެ.

އެހުރިހާ ފައިސާ އެއް ދެން ބޭނުންކުރާނީ އދ ގެ ކަންތައްތަކަށް ކަމަށް ނެރިސާ ވިދާޅުވިއެވެ.

ޔޫއެސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންޑް އެޑްމިނިސްޓްރޭޓަރ ފޮރ ގްލޯބަލް ހެލްތު ޑރ އަލްމާ ގޯލްޑެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ،ޑަބްލިޔުއެޗްއޯއާއަށް އެގައުމުން ދެމުންގެންދިޔަ އެހީތެރިކަން ދޭނެ އެހެން ޕާޓްނަރުން ހޯދާފައިވާ ކަމަށެވެ.

އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން ލީބިޔާ އަދި ސީރިއާއިން ޕޯލިއޯ ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާއިން 68 މިލިއަން ޑޮލަރު ދޭނެކަމަށް ޑރ އަލްމާ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރިޔަށް އޮތްއިރު ޓްރަމްޕާ ވާދަކުރައްވާ ބައިޑެން ވިދާޅުވީ އިންތިޚާބުން ކާމިޔާބު ލިބިވަޑައިގެންފިނަމަ ޑަބްލިޔުއެޗްއޯއާ އަލުން ގުޅޭނެކަމަށެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު