Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ

"އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރު ކުރަން ފެށިއްޖެނަމަ، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ"

1 ސެޕްޓެމްބަރު 2020 | އަންގާރަ 08:20

މިފްކޯއަށް ގެއްލުންވާ މައިގަނޑު ސަބަބަކީ މިފްކޯގެ ބިޒްނަސް މޮޑެލް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 1 ސެޕްޓެމްބަރު 2020 | އަންގާރަ 08:20
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރު ކުރަން ފެށިއްޖެ ނަމަ، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ މިފްކޯ އާއި ގުޅިފައިވާ މަސްވެރިންގެ ކަންބޮޑުވުންތައް ނުހަނު ބޮޑުކަން ފާހަގަކުރައްވާ މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޔައުގޫބްގެ ސުވާލަކީ މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ނުދީ ލަސްވަނީ ކީއްވެގެންތޯ އާއި، މަސްވެރިންނަށް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ޒަހާ ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވަނީ ގިނަ މައްސަލަތަކެއް ހުރުމުން ކަމަށެވެ. ޒަހާ މި މައްސަލަތަކުގެ އަސްލު ގުޅިފައިވަނީ މިފްކޯއިން މަސް އެކްސްޕޯޓު ކުރުމަށް ހިނގާ ހަރަދާއި ނުބައްދަލު އަގެއްގައި މަސް ގަންނަމުންދާތީ ކަމަށެވެ.

ޒަހާ ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގައި މިފްކޯގެ އޮޕަރޭޝަނާއި އަދި ހިންގުމާއި ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެވެނީ ގަނޑުކުރި މަހުގެ ގޮތުގައި ގިނަ އަދަދަކަށް އެ ކުންފުނިން މަސް ބޭރުކުރަމުންދާ ދިއުން ކަމަށެވެ. ޒަހާ ވިދާޅުވީ މިފްކޯ އާއި އެފަދަ އެހެން ކުންފުނިތަކަށް ވެސް އެންމެ ފައިދާވާނީ 'ވެލިއު އެޑް' ކޮށްގެން މަހުގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓު ކުރުމުން ކަމަށެވެ.

ނިމިދިޔަ 2019 ވަނަ އަހަރު ވެސް މިފްކޯ އިން 116 މިލިއަން ޑޮލަރުގެ ގެއްލުމެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބިފައިވެއެވެ. އެގޮތުން މިފްކޯ އަށް ގެއްލުންވާ މައިގަނޑު ސަބަބަކީ މިފްކޯގެ ބިޒްނަސް މޮޑެލްގެ ސަބަބުންވާ ގެއްލުން ކަމަށާއި މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ވުރެ ދަށް އަގުގައި ރާއްޖެ އިން ބޭރަށް މަސް ވިއްކަން ޖެހުން ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް