Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ޕީއެސްޖީގައި މަޑުކުރުން

ޕީއެސްޖީގައި މަޑުކޮށް، ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުން: ނޭމާ

31 އޯގަސްޓު 2020 | ހޯމަ 17:20

ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ފުރަތަމަ ފަހަރަށް ދަތުރުކުރިއިރު، ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޯގަސްޓު 2020 | ހޯމަ 17:20
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ

ޕީއެސްޖީ ދޫކޮށްލަން ނުވިސްނާ ކަމަށާއި، އަމާޒަކީ އަންނަ ސީޒަނުގައި ޕީއެސްޖީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއަށް ނޭމާ ބަދަލުވީ 222 މިލިޔަން ޔޫރޯއަށެވެ. އެކަމަކު އަނިޔާގެ ސަބަބުން ނޭމާއަށް ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ދެ ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމަކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ފުރަތަމަ ފަހަރަށް ދަތުރުކުރިއިރު، ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން އެނގޭ ކަމަށާއި، އެކަމަކު އަންނަ ސީޒަނުގައި ޕީއެސްޖީގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމީ ޕީއެސްޖީ މެނޭޖުމަންޓާ ބައްދަލުކުރުމަށްފަހު ކަމަށާއި، އުންމީދަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީއާއެކު ކާމިޔާބުކުރުން ކަމަށްވެސް ބުންޏެވެ.

އަދި ޕީއެސްޖީއަށް މިހާރު ކާމިޔާބުނުކުރެވިވާ ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށާއި، އެކަން ބަދަލުކޮށް ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، ޕީއެސްޖީގެ ތާރީޚުގައި އޭނާގެ ނަން ފެވުމަށް ބޭނުންވާ ކަމަށްވެސް ނޭމާ ވަނީ ބުނެފައެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ ބަލިވީ ޖަރުމަންގެ ބަޔާން މިޔުނިކާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ފްރެންޗް ލީގާއި، ފްރެންޗް ކަޕްގެ އިތުރުން ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގައި މަޑުކުރަން ނޭމާ ނިންމިއިރު، މީގެ ކުރިން މިދިޔަ ސީޒަނުގައި އޭނާ ކުރީގެ ކުލަބު ބާސާއިން ވަނީ ނޭމާ އަނބުރާ ގެންދިޔުމަށް މަސައްކަތް ކޮށްފައެވެ. އަދި އޭރު ނޭމާވެސް ބާސާއަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓުކުރިއެވެ. އެކަމަކު ޕީއެސްޖީން ނޭމާ ވިއްކާލަން ކަނޑައެޅި އަގުކަމަށްވާ 150 މިލިއަން ޔޫރޯ، އަގުބޮޑު ކަމަށް ނިންމާ ބާސާއިން ފަހުން ވަނީ ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބަލި ގަބޫލުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ނޭމާ ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 85 މެޗުގައި ވަނީ 70 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް