Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުއްރަހީމް އަވަގުރާނަ ގޮވުން

ޖަޒުބާތުގައި ޖެހި އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި

އަބްދުއްރަހީމް އަވަގުރާނަ ގޮވީ ދެ ރަދުންގެ ފޮތާއި ގުޅުވައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޯގަސްޓު 2020 | ހޯމަ 12:55
އަބްުދުއްރަހީމް މިއަދު ފުލުހަށް ހާޒިރު ކުރި މައްސަލައިގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ

އަބްުދުއްރަހީމް މިއަދު ފުލުހަށް ހާޒިރު ކުރި މައްސަލައިގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް، މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަޒުބާތުގައި ޖެހިވަޑައިގެން އަވަގުރާނަ ގޮވައިފިއެވެ.

ފުލުހަށް ހާޒިރު ކުރި މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އެކަމާ ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

އަވަގުރާނު ގޮވަމުން އަބްދުއްރަހީމް ވަނީ ރައީސް ނަޝީދު ނެރުއްވި ދެ ރަދުންގެ ފޮތުގެ ނަން ވިދާޅުވުމުގެ ބަދަލުގައި އެޔާއި ގުޅުވައިގެން އަވަގުރާނަ ގޮވާފައެވެ. ހުތުރު ބަހުން އަވަގުރާނަ ގޮވުމަށްފަހު އަބްދުއްރަހީމް ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރުމަށްފަހު، އަބްދުއްރަހީމް ވިދާޅުވީ ދެ ރަދުންގެ ފޮތް ބައްސަވަން ރެސްޓޯރެންޓުތަކަށާއި، އެނޫން ތަންތަނަށް ވަޑައިގެން ވަޒީރުންނާއި އަމީރުންނާއި ނޫނިއްޔާ އެމްޑީންނާއި މެންބަރުންނާއި ބޭފުޅުން މޭޒުކޮޅު ކައިރީގައި ބައިތިއްބައިގެން ސޮއިކުރައްވާ ފޮތް ދެއްވާ އިރު، މާސްކް އެޅުއްވުމެއް ނެތް ކަމަށެވެ.

އަދި ގައިދުރު ކަމެއް ވެސް ނެތް ކަމަށާއި، އޭގެ އިތުރުން އިއްޔެ ނޫން ކުރިން ދުވަހަކު އެއަރޕޯޓަށް ފުރާވަޑައިގަތުމަށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮޅަކާއި އެކީގައި އިންނެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވީ މާސްކު ނާޅުއްވާ ކަމަށާއި، އެއީ ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރުގެ ވެރިޔާ ކަންކުރައްވާ ގޮތް ކަމަށެވެ.

ރައީސް އަށް ބަހުގެ ހަމަލާތައް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ދެން އޮތީ ސަރުކާރު ހިންގުމުގެ ބާރުގެ ވެރި މީހާ ކަމަށާއި، މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުކޮޅުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ ބައްލަވަން އެތަނަށް ވަޑައިގެން އިންޓަވިއު ދެއްވި އިރު އެތަނަށް ވަޑައިގެންނެވީ ކީއްވެގެން ކަމެއް ހަނދުމަފުޅެއް ނެތް ކަމަށެވެ. އަދި އެތާނގައި ވަށައިގެން ތިބި ކަމަށާއި، ގައިދުރުކަމެއް ނެތް ކަމަށާއި، އެޗްޕީއޭގެ ގަވާއިދު އަދި ގައިޑްލައިންވީ ކޮންތާކު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ ކުރިން ވެސް އަބްދުއްރަހީމް ވަނީ އެކި ޕޯޑިއަމްތަކުގައި އަވަގުރާނަ ގޮވާ ހުތުރުބަހުން ވާހަކަ ދައްކަވަފާއެވެ. އެގޮތުން 18 ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނެވި އިރުވެސް މަޖިލީހުގެ ތަޅުމުގައި އަބްދުއްރަހީމް ވަނީ އެތައް ފަހަރެއްގެ މަތިން ހުތުރުބަހުން ވާހަކަ ދައްކަވާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު