Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަންކާއަށް މަސް އެކްސްޕޯޓު ނުކުރެވުން

ލަންކާއަށް މަސް އެކްސްޕޯޓު ނުކުރެވިދާނެތީ ކަންބޮޑެއްނުވޭ: ފިޝަރީޒް މިނިސްޓަރ

ރާއްޖޭގެ އަމާޒުހުރީ އަގުބޮޑު ބާޒާރަށް މަސް އެކްސްޕޯޓު ކުރުމަށް ކަމަށް ޒަހާ ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2020 | ހޯމަ 10:03
ނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

ނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

ރާއްޖޭގެ މަސްވެރިން ބާނަ މަސް ލަންކާގެ ބާޒާރަށް އެކްސްޕޯޓު ނުކުރެވުމަކީ ކަންބޮޑުވާކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު މިނިސްޓަރާއި ކުރެއްވި ސުވާލަކީ ސްރީލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލައިފިނަމަ ރާއްޖެއިން އަޅާނީ ކޮން ފިޔަވަޅުތަކެއްތޯއެވެ.

Advertisement - newsAdvertisement

މި ސުވާލަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ ސްރީލަންކައިން އެގައުމަށް މަސް އިމްޕޯޓު ކުރުމަށް ހުރަސް އެޅުމަކީ ކަންބޮޑުވާކަމެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އަމާޒު ހުރީ އަގުބޮޑު ބާޒާރަށް މަސް އެކްސްޕޯޓު ކުރުމަށް ކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ވީހާވެސް ބޮޑު މަންފާއެއް ލިބޭ ގޮތަކަށް ކަމަށެވެ.

މީގެއިތުރުން ހިކި ކަނޑުމަހަކީ މާބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ އެއަށްވުރެ ބޮޑު އަގުތަކުގައި ބޮޑެތި ބާޒާރުތަކަށް މަސް ވިއްކޭނެ ކަމަށެވެ. މިހެން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ ގަނޑުކުރި މަސް ތައިލެންޑު ބާޒާރަށް އަދި ލަންކާ ބާޒާރަކަށް ވެސް އެކްސްޕޯޓު ކުރަން ބޭނުންނުވާ ކަމަށެވެ.

ސްރީލަންކާގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގްތިޞާދު ރަނގަޅު ކުރުމަށް އެގައުމުގެ އައު ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަންޖެހޭ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ދާދިފަހުން އެގައުމުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މަގާމާއި ހަވާލުވެވަޑައިގެންފަހުން ޕާލިމަންޓުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވިދާޅުވެފައެވެ. މިހާރުވެސް ލަންކާގައި ވަނީ އެގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކު ރުމަށް ފިޔަވަޅުތައް އަޅާފައެވެ. އަދި އެގައުމަށް އެތެރެ ކުރާ މުދާ ބޭރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މޯލްޑިވް ފިޝްގެ ނަމުގައި ސްރީލަންކާއިން މަސް އެކްސްޕޯޓު ކުރާ މައްސަލައާޢި ގުޅިގެން ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގެ ޕޭޓެންޓިންގް ގާނޫނެއް އަދި ވުޖޫދުގައި ނެތް ކަމަށެވެ. އަދި 'މޯލްޑިވް ފިޝް' ބްރޭންޑް ކުރެވޭނީ މި ގާނޫނު ވުޖޫދުވުމުން ކަމަށެވެ. ޒަހާ ވަނީ އެފަދަ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު