Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫމަޑި މައްސަލަ

"މި ސަރުކާރުން ކޯޓު ޙުކުމަކުން ބޭރުން ބަދަލެއް ދޭން ނިންމާފައިވާނީ ހަމައެކަނި ނޫމަޑިއަށް"

30 އޯގަސްޓު 2020 | އާދީއްތަ 17:07

ނޫމަޑި މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން ދައުލަތަށް ގެއްލުންވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޯގަސްޓު 2020 | އާދީއްތަ 17:07
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު- ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު- ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

މި ސަރުކާރުން ކޯޓު ޙުކުމަކުން ބޭރުން ބަދަލެއް ދޭން ނިންމާފައިވަނީ ހަމައެކަނި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ބަދަލު ދިނުމުގައި ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި ދީފައިވަނީ ކޯޓުގެ ޙުކުމެއްގެ ދަށުން ކަމަށާއި، އޭގެ ބޭރުން ނޫމަޑި މައްސަލައިގައި ސެޓެލްމެންޓް އެގްރީމަންޓަކަށް އާދެވިފައިވާނެ ކަމަށެވެ. އަދި އެއީ އޭރު މަސައްކަތް ކުރި ތަޖުރިބާކާރު ވަކީލުންނާއި ޤާނޫނީ ޓީމުގެ ލަފާގެ މަތިން ކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ނޫމަޑި މައްސަލަ ފިޔަވައި ކޯޓުން ބޭރުން އެއްވެސް ފަރާތަކަށް އެފަދައިން ބަދަލެއް ދިނުމަށް ނުވަތަ ސެޓެލްމަންޓަކަށް އައުމަށް ނިންމާފައި ނުވާނެ ކަމަށެވެ. އަދި ނޫމަޑި މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން 200 މިލިއަން ޑޮލަރު ސަރުކާރުން ދޭން ޖެހިދާނެ ކަމަށްޓަކައި، އެކަމުގައި އެއްބަސްވުމަކަށް އައިކަަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާއި ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމާ ގުޅިގެން މުއިއްޒުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލު ކުރި ދެ އެއްބަސްވުމެއްގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާއި ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ހުއްދައާއި އެކު ނޫމަޑިއާއި އެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް