Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

މިފިލްމް ތައްޔާރު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އާލިޔާގެ ކެރެކްޓަރ އަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 މާރިޗު 2017 | ހޯމަ 11:29
އާލިއާ ބަޓް

އާލިއާ ބަޓް

މަޝްހޫރު ފިލްމް ޑައިރެކްޓަރ މަހޭޝް ބަޓް 1991 ވަނަ އުފައްދަފައިވާ ކާމިޔާބު ފިލްމް "ސަޑަކް" ދެ ވަނަ ބައެއް އުފައްދަން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަންޖޭ ދަތާއި ޕޫޖާ ބަޓް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމްގެ ދެވަނަ ބައިން މި ދެތަރިންގެ ދަރިއެއްގެ ރޯލުން ފެނިގެންދާނީ ޕޫޖާގެ ކޮއްކޮ އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންޓަޓެއިންމެންޓް ޑީއެންއޭ ރިޕޯޓް ބުނާ ގޮތުން މިފިލްމް ތައްޔާރު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އާލިޔާގެ ކެރެކްޓަރ ކަމަށްވާ ސަންޖޭ އާއި ޕޫޖާގެ ދަރިފުޅުގެ މައްޗަށެވެ.

އާލިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވަރުން ދަވަންއާ އެކު "ބަދްރީނާތްކީ ދުލްހަނިޔާ" އިންނެވެ.

މި ފިލްމުގެ މަސައްކަތަށް ފަހު އޭނާ މިވަގުތު ދަނީ ޗުއްޓީ ހޭދަކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަންޖޭ ދަތް މިވަގުތު ދަނީ އޭނާގެ ދެން އަންނަން އޮތް ފިލްމް "ބޫމީ" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔަރު ކުރަމުންދާ ފިލްމްގެ މަސައްކަތަށް އެހީތެރިވަމުންނެވެ.

"ސަޑަކް" ވެފައި ވަނީ 1991 ވަނަ އަހަރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު