Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެިތިނަދޫގައި ކާމިޔާބު އޮޕަރޭޝަނެއް ކުރުން

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކޮށްފި

28 އޯގަސްޓު 2020 | ހުކުރު 12:03

މިއީ ތިނަދޫގައި ތިބި ޑޮކްޓަރުންގެ ޓީމުން މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2020 | ހުކުރު 12:03
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ކަކުލު ހުޅުގެ އޮޕަރޭޝަންގެ ތެރެއިން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ކަކުލު ހުޅުގެ އޮޕަރޭޝަންގެ ތެރެއިން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ބުދަ ދުވަހު އެ ހޮސްޕިޓަލުން ކުރި މި އޮޕަރޭޝަނަކީ މިހަތާނަށް އެ ރަށުގައި ކުރެވުނު ފަސްވަނަ އޮޕަރޭޝަނެވެ. ނަމަވެސް މިއީ ތިނަދޫގައި ތިބި ޑޮކްޓަރުންގެ ޓީމުން މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު އެ ހޮސްޕިޓަލުން ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ ތިނަދޫ އަށް އުފަން އުމުރުން 75 އަހަރުގެ ފިރިހެނެކެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ކޮށްފައިވަނީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ. އެގޮތުން ގދ އަދި ގއ ގެ ރައްތަކުގެ ރައްޔިތުންގެ ވަރަށް ބޮޑު ޑިމާންޑެއް މިކަމުގައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަހުމަދު ސައީދު ވިދާޅުވީ މީގެ ކުރިން އެ ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަންތަކުގައި މާލެއިން ޑޮކްޓަރުންނާއި އޮޕަރޭޝަނަށް ބޭނުންވާ ޓޫލްސް ގެނެސްފައިވާނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ މި އޮޕަރޭޝަނާއެކު ކުރިއަށް އޮތްތަނުގައި އެ ހޮސްޕިޓަލުން ތަފާތު އެކި ބަލިތަކަށް ކުރަންޖެހޭ އޮޕަރޭޝަންތަކާއި ކުދި ކުދި ސާޖަރީތައް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިހާރު ވެސް ބައެއް މެނިޝަރީޒް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ކައިރި މުސްތަގުބަލެއްގައި ގިނަ ހިދުމަތްތަކެއް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ލިބޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ހޮސްޕިޓަލް ތަކެއްގައި ސިއްޙީ ނިޒާމު ރަނގަޅުވަމުން އަންނައިރު، އެ ހޮސްޕިޓަލުތަކުން އަންނަނީ ހިތުގެ އޮޕަރޭޝަނާއި ނާރުގެ އޮޕަރޭޝަން ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރަމުންނެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ 100 ޑޮލަރަށް ބިލް ކުރާ ކަމަށް އަޑު އިވޭ:ނިޒާރު

12 ޑިސެމްބަރު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ 100 ޑޮލަރަށް ބިލް ކުރާ ކަމަށް އަޑު އިވޭ:ނިޒާރު
22 އޮކްޓޯބަރު 2017

އައްޑޫ ޓަރޝަރީ ހޮސްޕިޓަލުން މާލެއިން ނުލިބޭ ޚިދުމަތް ލިބޭނެ:މުއިއްޒު

22 އޮކްޓޯބަރު 2017
އައްޑޫ ޓަރޝަރީ ހޮސްޕިޓަލުން މާލެއިން ނުލިބޭ ޚިދުމަތް ލިބޭނެ:މުއިއްޒު
02 އޮކްޓޯބަރު 2017

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި

02 އޮކްޓޯބަރު 2017
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި
22 އޯގަސްޓު 2017

ކިޑްނީ ފިރިމީހާއަށް ދިން އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި!

22 އޯގަސްޓު 2017
ކިޑްނީ ފިރިމީހާއަށް ދިން އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި!
17 އޯގަސްޓު 2017

ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފި

17 އޯގަސްޓު 2017
ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޯގަސްޓު 2017

ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

05 އޯގަސްޓު 2017
ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި
24 ޖުލައި 2017

ނުވަ ދުވަހަށް ފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލައިފި

24 ޖުލައި 2017
 ނުވަ ދުވަހަށް ފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލައިފި
16 ޖުލައި 2017

10 ދުވަހަށް ފަހު ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލައިފި

16 ޖުލައި 2017
 10 ދުވަހަށް ފަހު ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލައިފި
12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް