Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮންލައިން ވިޔަފާރިތައް ފުޅާކުރުން

އޮންލައިން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށް ''ލިސްޓިންގ ވެބްސައިޓެއް'' ޑިވެލޮޕް ކުރަނީ

ވެބްސައިޓްގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޯގަސްޓު 2020 | ހުކުރު 12:11
ކޮވިޑް-19އާ ގުޅިގެން އޮންލައިން ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައި

ކޮވިޑް-19އާ ގުޅިގެން އޮންލައިން ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައި

އޮންލައިން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށް ''ލިސްޓިންގ ވެބްސައިޓެއް'' ޑިވެލޮޕް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ކޮވިޑް-19 ޕްންޑެމިކްގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރެއިން އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫ.އެން.ޑީ.ޕީ އަޒަބައިޖާންއާއެކު ވެވުނު ޕާޓްނަޝިޕެއްގެ ދަށުން އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ލިސްޓިންގ ވެބްސައިޓެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މި ވެބްސައިޓްގެ ޒަރިއްޔާއިން އެފަދަ ވިޔަފާރިތަކަށް ވެބްސައިޓްގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ތައުލީމާއި، ސިއްހަތާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމުގެ ޚިދުމަތްތަކާއި އަދި މިނޫން ވެސް ގިނަގުނަ ޚިދުމަތްތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ އާންމު ވިޔަފާރީގެ މާހައުލުގައި އުޅޭއިރު، ގަނެ ވިއްކުމުގައި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން އަގުހުރި މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް އެ ވެބްސައިޓްގެ އެއް މަގުސަދު ކަމަށެވެ. އަދި ޑިޖިޓަލް ވިޔަފާރިއެއް ފަށައިގަތުމާއި ގޭގައި ތިބެގެން ވިޔަފާރިއެއް ހިންގަން ކަންކުރަންވީ ގޮތުގެ އިރުޝާދުތަކާއި މައުލޫމާތުތައް ބަދަލުވަމުންދާ މާހައުލާއި، ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތް ކުރުމަށްފަހު މި ވެބްސައިޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މިވެބްސައިޓްގައި ލިސްޓު ކުރަން ބޭނުންވާ އެންމެހާ އޮންލައިން ވިޔަފާރިތަކުން ގޫގުލް ރެޖިސްޓްރޭޝަން ލިންކް:https://forms.gle/cbtEw23RwfYSMNUt5މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

ވެބްސައިޓް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރ މަހުގެ ތެރޭގައިއެވެ. އަދި ވެބްސައިޓް ލޯންޗް ކުރުމަށްފަހު ވެބްސައިޓް މެދުވެރިކޮށް ވެސް އެފަދަ ވިޔަފާރިތަކަށް ރަޖިސްޓަރ ކުރެވޭނެ ކަމަށާއި، ފުރަތަމަ ބެޗްގައި ރެޖިސްޓަރ ކުރުމުގެ ސުންގަޑި އަކީ 3 ސެޕްޓެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3 ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި
04 އޮކްޓޯބަރު 2017

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަނީ

04 އޮކްޓޯބަރު 2017
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަނީ
12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު