Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ގާނޫނުތަކާއި ގުޅޭ ބައްދަލުވުން

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ގުޅޭގޮތުން މަޝްވަރާކޮށްފި

28 އޯގަސްޓު 2020 | ހުކުރު 08:19

މި ބައްދަލުވުމުގައި ކަމާ ބެހޭ އިދާރާތަކުން ވަނީ ބައިވެރިވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2020 | ހުކުރު 08:19
ކުޑަކުދިންތަކެއް އާއިލާއެކު އާޓިފިޝިއަލް ބީޗްގައި ވަގުތު ހޭދަކުރަނީ؛ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމުގެ ކަންކަން ކުރުމާގުޅޭގޮތުން ކަމާބެހ

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމުގެ ކަންކަން ކުރުމާގުޅޭގޮތުން އެކުލަވައިލާފައިވާ ޕޮލިސީ ލެވެލް ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވާފައިވަނީ އޮންލައިންކޮށެވެ.

Advertisement - newsAdvertisement

ޕޮލިސީ ލެވެލް ސްޓިއަރިންގ ކޮމިޓީގެ މި ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ އަލްއުސްތާޛާ ޙިސާން ޙުސައިން އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ފާޠިމަތު އަފްޝަން ލަޠީފް އާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤުގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، 9 އޮގަސްޓް 2020 ގައި ބޭއްވުނު ޕޮލިސީ ލެވެލް ބައްދަލުވުމުގައި އެކުލަވާލެވުނު ވަރކިންގ ގްރޫޕުން ކުރަން އެކަށައަޅާފައިވާ ކަންކަމުގެ ތެރެއިން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެ ކަންކަން ތަންފީޛުކުރުމަށްޓަކައި ބޭނުންވާ ވަޞީލަތްތަކާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެދާނެކަމަށް ކަމާބެހޭ މުއައްސަސާތަކަށް ފާހަގަކުރެވޭ ގޮންޖެހުންތަކާއި ޙައްލުތައް ދެނެގަތުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާގުޅޭގޮތުން ސްޓިއަރިންގ ކޮމިޓީއާ މަޢުލޫމާތު ޙިއްސާކުރެވުނެވެ.

އެގޮތުން، މި ދެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި މަލްޓި-ސްޓޭކް ހޯލްޑަރ އެޕްރޯޗްއެއްގެ މުހިންމުކަމާއި، ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މިވަގުތަށް ތަންފީޛުކުރަންޖެހޭ ކަންކަން ތަރުތީބުކުރުމަށާއި، އެކަންކަމަށް ބޭނުންވާ ވަޞީލަތްތައް ދެނެގަތުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެވުނެވެ. ހަމައެހެންމެ، ވަރކިންގ ގްރޫޕްގެ ކުރިއަށްހުރި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާގުޅޭގޮތުން ސްޓިއަރިންގ ކޮމިޓީގެ މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
25 މެއި 2017

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

25 މެއި 2017
މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
10 އެޕްރީލު 2017

މިނިވަންކަމާއި ހައްގުތައް ރައްކާތެރި ކުރުމަށް މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ޖަމީލް ގޮވާލައްވައިފި

10 އެޕްރީލު 2017
މިނިވަންކަމާއި ހައްގުތައް ރައްކާތެރި ކުރުމަށް މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ޖަމީލް ގޮވާލައްވައިފި
08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
02 އެޕްރީލު 2017

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް