Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއްދަތު ހަމަވެފައިވާ އައިޑީ ކާޑް

ޑިސެމްބަރުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަދައިފި

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ ގޮތް ހެދީ ކޮވިޑާއި ގުޅިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2020 | ހުކުރު 07:17
ޑީއެންއާރުގައި އައިޑީ ކާޑު ހައްދަން ބަޔަކު ކިއުގައި ޖެހިގެން

ޑީއެންއާރުގައި އައިޑީ ކާޑު ހައްދަން ބަޔަކު ކިއުގައި ޖެހިގެން

ކޮވިޑް-19 އާއި ގުޅިގެން ހާއްސަ ހާލަތަކަށް އަމަލު ކުރަމުންދާތީ މި އަހަރުގެ ޖެނުއަރީ 1ން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު މި އަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަޑާލާފައިވާ ކަމަށެވެ. އަދި މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، ވަކިގޮތެއް އަންގަންދެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށެވެ.

އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށް ދޭންވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މިގޮތަށް އަމަލު ކުރަމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެފަހުން އެއްމަސް ދުވަހުގެ މުއްދަތެއް އިތުރު ކުރުމަށްފަހު ޖުލައިން މަހުގެ ނިޔަލަށް ތާރީހު ބަދަލު ކުރިއެވެ. އަދި އޭގެ ފަހުން މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ނުވާތީ މި އަހަރުގެ ނިޔަލަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް، އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅޭނެ ކަމަަށް ޑީއެންއާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު