Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެސްޓްހައުސް ވިޔަފާރި ފެށުން

ގެސްޓް ހައުސްތައް ހުޅުވަންވެއްޖެ: ޓޫރިޒަމް މިނިސްޓަރ

26 އޯގަސްޓު 2020 | ބުދަ 17:06

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2020 | ބުދަ 17:06
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް، ރައީސް އޮފީހުން ނިކުންނަވާ ހިންގަވާފަ ވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް، ރައީސް އޮފީހުން ނިކުންނަވާ ހިންގަވާފަ ވަޑައިގަންނަވަނީ

ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ގެސްޓުހައުސް ވިޔަފާރިތަކަށް އަލުން ހުއްދަދޭންވާ ވަގުތު ޖެހިއްޖެކަމަށް ސަރުކާރަށް ޤަބޫލު ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރިތައް ހިނގައި ނުގަނެވުމަކީ މިވަގުތުގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް ސިނާއަތަކީ ފަތުރުވެރިކަމުގެ މުހިއްމު ސިނާއަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އަވަސް މުއްދަތެއްގައި ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލެވޭނެ ދުވަހެއް ކަނޑައެޅިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، އެ މަޝްވަރާތަކުގައި މިހާރު ކުރިއެރުންތަކެއްވެސް ލިބިފައިވާ ކަމަށެވެ. އަދި ގެސްޓްހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަ ދޭންވާ ވަގުތު ޖެހިއްޖެކަން ސަރުކާރަށްވެސް ޤަބޫލު ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމުގައިވެސް ކުރިން ދަތިތަކެއް ހުރި ނަމަވެސް، މިހާރު އެކަމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުން ސާމްޕަލް ގެނައުމާއި، ޓެސްޓު ހެދޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ޙާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެއްވޭ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ރިސޯޓުތަކުގެ އިތުރުން، އެހެނިހެން ފަތުރުވެރިކަމާ ގުޅޭ ސިނާއަތްތައްވެސް މިވަގުތު އޮތީ ބޮޑު ކަންބޮޑުވުމެއްގައިކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީވެސް އެ ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށެވެ.

މިހާރުވެސް ފެންނަމުންދާ ކޭސްތައް މަދުކުރުމަކީ ދިވެހިންގެ އަތްމަތީގައި އޮތް ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭގެއިތުރުން، މިނިސްޓަރ ވަނީ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިނުވާ ރަށްރަށަށް ވައިރަސް ފެތުރިގެން ދިއުމަށް މަގުފަހިވެދާނެ ކަންކަމުން ދުރުވުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް