Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ މައްސަލަ

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވަރަށް ހަރުކޮށް ވަކިގޮތެއް ނިންމައިގެނެއް ނޫން މިތިބީ: މަޙްލޫފް

26 އޯގަސްޓު 2020 | ބުދަ 03:46

"ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ ދައްކާފައި ވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި"

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 26 އޯގަސްޓު 2020 | ބުދަ 03:46
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ ދައްކާފައިވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވަރަށް ހަރުކޮށް ވަކިގޮތެއް ނިންމައިގެން ނުތިބޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިހާރު އެކުލަވާލާފައިވާ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެފަހަރު ވަޒީރު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތް ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ފިނޭސް މިނިސްޓްރީ އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަކު ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހިގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ މީގެ ކުރިން ދައްކާފައިވަނީ އަމިއްލަ ވިސްނުމުގައި ކަމަށާއި، ކޯޕަރޭޝަން އުވާލުމުގެ ވިސްނުމަކީ ސްޕޯޓްސް ކައުންސިލްގެވެސް ވިސްނުމެއް ކަމަށެވެ.

ތަޖުރިބާއަށް ބަލާފައި އެ ވާހަކަ ދެއްކި ނަމަވެސް، ސްޕޯޓްސް ކޯޕަރޭޝަނާ ގުޅޭގޮތުން އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށާއި، ކޯޕަރޭޝަނާ މެދު ސީދާ ގޮތެއް ނިންމަވާނީ ރައީސުލްޖުމުހޫރިއްޔާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. ރައީސް ވަކިގޮތެއް ނިންމުމާއެކު ކުޅިވަރު ޤާނޫނަށް ހުށަހަޅާ އިސްލާހުތަކާއެކު، އެ އިސްލާހުވެސް ހުށަހަޅާނެ ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަނަކީ ސީދާ އުވާލަންޖެހޭ ތަނެއްގެ ގޮތުގައި ދެކި، އެގޮތައް މަސައްކަތް ނުކުރާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މިހާރު އެކުލަވާލާފައިވާ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް މަޙްލޫފް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުމަށް ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މައުރޫފް (މާއްޓޭ) ވިދާޅުވީ އެ ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ކޯޕަރޭޝަނެއް ކަމަށާއި، އެ ކޯޕަރޭޝަން ދެމި އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކުންފުނި އުވާލާނެ ކަމަށް ދެކިގެން ނޫން ކަމަށާއި، ކޯޕަރޭޝަންގެ ބޯޑުން ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރަމުންދާއިރު، މާއްޓޭ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން މިހާރު ކޯޕަރޭޝަނުން ފަސް އަހަރު ދުވަހުގެ މަގުޗާޓެއް އެކުލަވާލައި، އޭގައި ބޮޑެތި އިންވެސްޓްމަންޓްތަކާއި ފަންނީ ގޮތުން ކުރާނެ މަސައްކަތްތައް ހިމަނާފައިވާނެ ކަމަށެވެ.

އަދި ރިކަރަންޓް ޚަރަދުތަކުގެ އިތުރުން އަހަރުން އަހަރަށް ކުރިއަށްގެންދާ މަޝްރޫއުތަކަށް އެދުމަށް ފިނޭސުން އަންގާފައިވާ ކަމަށާއި، އެގޮތުން އިންޑޯ ވޮލީބޯޅަ ކޯޓަކާއި، ފުޓްބޯޅަ ދަނޑަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެދިފައިވާއިރު، ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކޯޕަރޭޝަންގެ ވިސްނުން ހުރީ އަތޮޅުތެރޭގައި ކުޅިވަރުގެ ވަސީލަތް ގާއިމުކޮށްގެން ކަމަށް މާއްޓޭ ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މަސައްކަތް ކުރަމުން އަންނައިރު، އެ ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް