Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެވަނަ ފަހަރަށް ކޮވިޑް ޖެހުން

ކޮރެއާ މީހާއަށް ދެވަނަ ފަހަރަށް ޖެހުނީ ކޮވިޑްގެ އެހެން ސްޓްރެއިންއެއް

25 އޯގަސްޓު 2020 | އަންގާރަ 18:13

ދެވަނަ ފަހަރަށް ވައިރަސް ޖެހުނު މީހާގެ ހަށިގަނޑުން ފެނުނީ ކޮވިޑްގެ އެހެން ސްޓްރެއިންއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2020 | އަންގާރަ 18:13
ހުމުގެ އަލާމާތެއް ހުރިތޯ ބެލުމަށް ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ؛ ބަލި ޖެހިފައިވާ މީހަކު ދެވަނަ ފަހަރަށް ބަލިޖެހުނުކަމުގެ ރިޕޯޓެއް ދެކުނު ކޮރެއާއިން ވަނީ ކޮށްފައި

ހުމުގެ އަލާމާތެއް ހުރިތޯ ބެލުމަށް ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ؛ ބަލި ޖެހިފައިވާ މީހަކު ދެވަނަ ފަހަރަށް ބަލިޖެހުނުކަމުގެ ރިޕޯޓެއް ދެކުނު ކޮރެއާއިން ވަނީ ކޮށްފައި

އެއްފަހަރު ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވި މީހަކު ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

މިއީ މިހާތަނަށް ހޯދިފައިވާ ފުރަތަމަ ކޭސް ކަމަށް ހޮންގކޮންގުގެ ޔުނިވަރސިޓީ އޮފް ހޮންގކޮންގުގެ ދިރާސާ ކުރާ ޓީމުން ވަނީ ބުނެފައެވެ. އެ ޓީމުގެ ހޯދުންތަކުން ދައްކާގޮތުން ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގައި ވައިރަސް ބަލިކަށިކުރާ ވަރަށް އެންޓި ބޮޑީސް އުފެދިފައި ނުވުން ނުވަތަ ވައިރަސް ޖެހުމުން އެއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފެދުނު އެންޓި ބޮޑީސްގެ އަސަރު ކުޑަވުމުން ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

Advertisement - worldAdvertisement

ނަމަވެސް މި ކޭސްއާއެކު ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ނުވަތަ ވެކްސިން އުފައްދަން މަސައްކަތް ކުރަމުން އަންނަ ސައިންސްވެރިންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އެންޓިބޮޑީސް ބޭނުންކޮށްގެން ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ވައިރަސް އުފެއްދުމުގެ މަގު ކުރުވެ މަސައްކަތް އަވަސް ވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ހޮންކޮންގް ޔުނިވަރސިޓީގެ ދިރާސާ ކުރާ ޓީމުން ބުނެފައިވަނީ ދެވަނަ ފަހަރަށް ވައިސް ޖެހުމަކީ ހަސްވެ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ގެ އާއިލާއިގައި ހިމެނޭ އެހެން ކޮރޯނާ ވައިރަސް ވެސް ދެވަނަ ފަހަރަށް ޖެހޭ ކަމަށް ބުނެފައިވެއެވެ. މި ދިރާސާ އާންމުކުރުމާއެކު ޔާލޭ ޔުނިވަރސިޓީގެ އިމިއުންބައޮލެޖީގެ ޕްރޮފެސަރެއް ކަމަށްވާ އަކީކޯ އިވަސަކީ ވިދދާޅުވެފައިވަނީ މި ދިރާސާއިން އުއްމީދުނުކުރާ ކަމެއް ނުފެންނަ ކަމަށެވެ. އަދި މިއީ އިމުނިޓީ މަސައްކަތް ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދެވަނަ ފަހަރަށް ވައިރަސް ޖެހިފައިވަނީ ހޮންކޮންގުގެ 33 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފުރަތަމަ ކޮވިޑް ޖެހުނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައެވެ. ހަށިގަނޑުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން މި މީހާ އެޑްމިޓްކޮށް ފަރުވާދީފައިވަނީ މާޗް 29 ވަނަ ދުވަހުއެވެ. އަދި އޭނާގެ ގައިން ފެނުނު އަލާމާތްތައް ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

އަދި ދެވަނަ ފަހަރަށް އޭނާއަށް ކޮވިޑް-19 ޖެހިފައިވަނި 4 މަސް ފަހުން އޭނާ އިނގިރޭސީވިލާތު މަގުން ސްޕެއިން އިން ހޮންގކޮންގަށް އެނބުރި އައި ފަހުންނެވެ. އޭނާގެ ޓެސްޓުތައް ހެދުމަށް ވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ހަށިގަނޑުން ފެންނަން ނެތް ކަމަށް ދިރާސާކުރި ޓީމުން ބުނެފައިވެއެވެ.

ދިރާސާ ކުރި ފަރާތްތަކުން ވަނީ ވަނީ ދެފަހަރަށް ޖެހުނު ވައިރަސްގެ "ސިކުއެންސްޑް ޖެނޯމްސް" ނުވަތަ އެއްޗެއް މުޅި ޑީއެންއޭ ނެގުމަށްފަހު އަޅާ ކިޔާފައެވެ. އެގޮތުން ދެވަނަ ފަހަރަށް ޖެހުނު ވައިރަސްގެ ސްޓްރެއިން އަކީ ކުރިން ޖެހުނު ވައިރަސްގެ ސްޓްރެއިންއާ ތަފާތު ސްޓްރެއިން އެއްކަމަށް ވަނީ ދެނެގަނެވިފައެވެ. ސައިންސްވެރިން ބުނެފައިވަނީ މި ކޭސްއަކީ ދެވަނަ ފަހަރަށް އިންފެކްޓްވުމުގެ ކޭސްއެއް ކަމަށާއި، މިއީ އެއްފަހަރު ޕޮޒިޓިވްވުމުގެ ސަބަބުން ހަށިގަނޑަށް ވަތް ވައިރަސްގެ ސަބަބުންވި ކަމެއް ނޫން ކަމަށެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ މައިކްރޯބައިލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ވްރެންޑެން ވްރެން ވިދާޅުވީ ދެވަނަ ފަހަރަށް އިންފެކްޓުވުމަކީ ވަރަށް މަދުން ނޫނީ ނުވާނެކަމެއްގެ މިސާލެއް ކަމަށާއި، މުޅި ދުނިޔެއަށް ވައިރަސް ފެތުރިފައިވާއިރު، ވައިރަސްގެ ތަފާތު ސްޓްރެއިންތައް ފެނުމަކީ ވުން ގާތްކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުރިހާ ވައިރަސްއެއް ވެސް އޭގެ ޒާތުގައި ވަގުތާއެކީގައި މިއުޓޭޓް ނުވަތަ ބަދަލުވަމުން ދާނެ ކަމަށެވެ. ނަމަވެސް އެ މިއުޓޭޝަންތަކަކީ ކޮބައި ކަން ދެނެގަންނަން އުނދަގޫ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއެކު ވެސް އެއަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ވްރެން ވިދާޅުވީ މުޅި ދުނިޔޭގައި 23 މިލިއަނެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ކޮވިޑަށް ވެކްސިނެއް އުފައްދަން ކުރަމުންދާ މަސައްކަތަށް އެކަމުގެ ސަބަބުން މައްސަލައެއް ދިމާވެގެން ނުވާނެ ކަމަށެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ވައިރަސް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އެންޓިބޮޑީސް މަސްތަކެއް ވުމުން ފިލައިގެން ދެއެވެ. އެހެންކަމުން ވައިރަސް އަށް އިމުންވިޔަސް މާ ގިނަ ދުވަހަކަށް އެކަން ދެމިގެން ނުދާނެއެވެ. ނަމަވެސް އެންޓިބޮޑީސްގެ ސަބަބުން އިމިއުނިޓީއަށް ދޭތޯ ނުވަތަ ނޫންތޯ ބެލުމަށް އިތުރު ދިރާސާރައް އަދި ހަދަން ޖެހެއެވެ.

ހެޑް އޮފް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަން ޑިޒީސް ޑރ. އެންތޮނީ ފައުސީ މީގެ ކުރިން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްތަކަށް ހަށިގަނޑު އިމިއުންވި ނަމަވެސް، އަދި އެންމެ އާދައިގެ ރޯގާއަށް އިމިއުން ވިޔަސް އެކަން ދެމިގެންދާނީ 3 މަހާއި 6 މަހުގެ މުއްދަތަކަށް ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް