Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޕިރަމިޑް

ޒީބާގެ ބުކޭ އަދި ޕިޔޯ ބާސްމަތީ ހަނޑޫ ހެޔޮ އަގުތަކެއްގައި ޕިރަމިޑުން

25 އޯގަސްޓު 2020 | އަންގާރަ 09:53

ޒީބާ ބުކޭ ބާސްމަތީގެ ފަސް ކިލޯގެ ޕެކެޓެއް 105 ރުފިޔާ އަށް ލިބޭ އިރު، ބުކޭ ބާސްމަތީ ކޭސްއެއް 374 ރުފިޔާ އަށް ލިބޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 އޯގަސްޓު 2020 | އަންގާރަ 09:53
ޕިރަމިޑް އިން ވިއްކާ ޒީބާގެ ބުކޭ އަދި ޕިޔޯ ބާސްމަތީ ހަނޑޫ

ޕިރަމިޑް އިން ވިއްކާ ޒީބާގެ ބުކޭ އަދި ޕިޔޯ ބާސްމަތީ ހަނޑޫ

ޕިރަމިޑް އިން ޒީބާގެ ބުކޭ އަދި ޕިޔޯ ބާސްމަތީ ހަނޑޫ ހެޔޮ އަގުތަކެއްގައި ތައާރަފު ކޮށްފިއެވެ.

ޕިރަމިޑް އިން ބުނީ އެ ފިހާރައިން އަލަށް ތައާރަފު ކުރި މި ދެވައްތަރުގެ ބާސްމަތީ ހަނޑުލަކީ ވެސް މީގެ ކުރިން ތައާރަފު ކުރި ޒީބާގެ 1121 ޕްރިމިއަމް ބާސްމަތީ ހަނޑޫ ފަދަ ކޮލެޓީ މޮޅު ހަނޑުލެއް ކަމަށެވެ. ހަނޑުލުގެ ދިގުމިނާއި، ގްރެއިން ލެވެލް އަދި ވަހުގައި ތަފާތުތަކެއް ހުރި ނަމަވެސް މި ތިން ވައްތަރަކީ ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހަނޑުލެއް ކަމަށެވެ.

ބުކޭ އަދި ޕިޔޯ ބާސްމަތީ ހަނޑޫ ޕިރަމިޑް އިން ތައާރަފު ކޮށްފައި މިވަނީ ހެޔޮ އަގުތަކެއްގައި ފަސޭހައިން ރެސްޓޯރެންޓުތަކަށާއި ކޭޓަރިންގެ މަސައްކަތް ކުރާ ފަރާތްތަކަށް ބާސްމަތީ ހަނޑޫ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ޕިރަމިޑުން ބުނެއެވެ.

އެގޮތުން، ޒީބާ ބުކޭ ބާސްމަތީގެ ފަސް ކިލޯގެ ޕެކެޓެއް 105 ރުފިޔާ އަށް ލިބޭ އިރު، ބުކޭ ބާސްމަތީ ކޭސްއެއް 374 ރުފިޔާ އަށް ލިބެން ހުންނާނެއެވެ. އަދި ޒީބާ ޕިޔޯ ބާސްމަތީ ފަސް ކިލޯގެ ޕެކެޓެއް 135 ރުފިޔާ އަށް ލިބޭ އިރު، ކޭހެއްގެ އަގަކީ 477 ރުފިޔާ އެވެ.

ޕިރަމިޑް އިން ވިއްކާ ޒީބާ ބާސްމަތީ 1121 ގެ އެއް ކިލޯގެ ޕެކެޓެއް 35 ރުފިޔާ އަށް ލިބޭ އިރު، އޭގެ ކޭހެއްގެ އަގަކީ 580 ރުފިޔާއެވެ. އަދި 1121 ގެ ފަސް ކިލޯގެ ޕެކެޓެއް 150 ރުފިޔާ އަށް ވިއްކާ އިރު، އޭގެ ކޭހެއް ޕިރަމިޑުން ވިއްކަނީ 580 ރުފިޔާއެވެ.

ޕިރަމިޑްގެ ތަކެތި އޮންލައިންކޮށް، އެފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް އަދި ސަޕްލައި.އެމްވީ މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށާއި ތަކެތި ގަނުމަށްފަހު އޮންލައިން ޓްރާންސެކްޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް ބުނެއެވެ. އަދި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ކަމަށާއި އެހެންނަމަވެސް ޑެލިވަރީ ކޮށްދެނީ ފަސް ކޭހަށް ވުރެ ގިނައިން އޯޑަރު ކުރުމުން ކަމަށް ޕިރަމިޑް އިން ވަނީ ބުނެފައެވެ.

ޕިރަމިޑުން ބުނީ އެ ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކުގެ އަގު އަބަދުވެސް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2025

ރަހަ މީރު، ކޮލިޓީ ރަނގަޅު "ކާލާ ބާސްމަތީ ހަނޑޫ"، އާރިއަމް ފިހާރައިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

21 ޖޫން 2025
ރަހަ މީރު، ކޮލިޓީ ރަނގަޅު "ކާލާ ބާސްމަތީ ހަނޑޫ"، އާރިއަމް ފިހާރައިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި
03 އެޕްރީލު 2020

ރޯދަ މަހަށް އަގު ހެޔޮ ބާސްމަތީ ހަނޑޫ ސިބްކޯ އިން ތައާރަފުކޮށްފި

03 އެޕްރީލު 2020
ރޯދަ މަހަށް އަގު ހެޔޮ ބާސްމަތީ ހަނޑޫ ސިބްކޯ އިން ތައާރަފުކޮށްފި
28 މެއި 2019

ޕިރަމިޑް އިން ޒީބާ ބްރޭންޑްގެ ބާސްމަތީ ރައިސް ތައާރަފުކޮށްފި

28 މެއި 2019
ޕިރަމިޑް އިން ޒީބާ ބްރޭންޑްގެ ބާސްމަތީ ރައިސް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް