Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިއަން ފުލައިޓުން ކާގޯ ފީ ނެގި މައްސަލަ

އޭސް ޓްރެވެލްސް އިން ފުލައިޓް ޗާޓާ ކުރި އިރު ކާގޯއަށް އެދިފައި ނުވޭ: މޯލްޑިވިއަން

އެއްބަސްވެފައިވަނީ ހަމައެކަނި ފަސިންޖަރުންނާއި ބެގޭޖް އުފުލުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2020 | ހޮނިހިރު 03:24
މޯލްޑިވިއަންގެ އެއަރބަސް؛ ޗާޓާކޮށްގެން މެލޭއަށް ދިޔަ ފުލައިޓެއްގައި ކާގޯއަށް ޗާޖްކުރި މައްސަލައަކާއި ގުޅިގެން އެކަން ހިނގާފައި ނުވާނެކަަމަމަށް މޯލްޑިވިއަނުން ވަނީ ބުނެފައި

މޯލްޑިވިއަންގެ އެއަރބަސް؛ ޗާޓާކޮށްގެން މެލޭއަށް ދިޔަ ފުލައިޓެއްގައި ކާގޯއަށް ޗާޖްކުރި މައްސަލައަކާއި ގުޅިގެން އެކަން ހިނގާފައި ނުވާނެކަަމަމަށް މޯލްޑިވިއަނުން ވަނީ ބުނެފައި

މެލޭޝިއާ އަށް އަނބުރާ ނުދެވިފައި ތިބި 50 ދިވެހި ދަރިވަރަކު އެ ޤައުމަށް ފޮނުވައިދިނުމަށް އޭސް ޓްރެވަލްސް އިން ފުލައިޓް ޗާޓާ ކުރި އިރު ކާގޯއަށް އެދިފައި ނުވާ ކަމަށް ގައުމީ އެއަރލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން މިހެން ބުނެފައިވަނީ އޭސް ޓްރެވަލަސް އިން ޗާޓާ ކުރި ފުލައިޓުން ގެންދިޔަ ކާގޯއަށް އަގު ނަގާފައިވާ ކަމަށް ބުނެ އެ އެޖެންސީން ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހާމަކޮށްފައިވަނިކޮށެވެ.

މޯލްޑިވިއަނުން ބުނީ ފުލައިޓް ޗާޓާ ކުރާއިރު ފުލައިޓް ޗާޓާ ކުރާ ފަރާތަށް އޮޕްޝަންސްތަކެއް ދީފައިވާނެ ކަމަށާއި، އެގޮތުން ފުލައިޓް ޗާޓާކުރި އިރު ކާގޯއަށް އެދިފައި ނުވާ ކަމަށެވެ. އެހެންކަމުން އޮންނަ އުސޫލުގެ މަތިން ފުލައިޓުގައި ކާގޯ ގެންދާ ނަމަ އެއަށް ޗާޖް ކުރާނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގޭޖް އުފުލުމަށް ކަމަށެވެ. އަދި ފުރަތަމަ މުޢާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައިނެތް ކަމަށާއި، ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާއަތުން ނަގާފައެއްވެސް ނުވާނެ ކަމަށެވެ.

މި މައްސަލައިގައި މޯލްޑިވިއަން ފުލައިޓް ޗާޓާކުރި އޭސް ޓްރެވަލްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ބުނެފައިވަނީ ފުލައިޓް ޗާޓާ ކުރި އިރު ކާގޯއަށް ވެސް އެދިފައިވާނެ ކަމަށާއި، މޯލްޑިވިއަނުން ކާގޯއަށް ޗާޖްކޮށް ފައިސާ ނަގާފައިވަނީ އޮޅުވާލައިގެން ކަމަށެވެ.

ފިރާގު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 50 ދަރިވަރުން ގޮވައިގެން ކުއަލާލަމްޕޫރަށް ދަތުރުކުރި ފުލައިޓުގައި ގެންދިޔަ ކާގޯގެ ލާރިކޮޅު އައިލެންޑް އޭވިއޭޝަނުން ވަގަށް ކާލާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު