Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަހު

ވާދަވެރި ބޭފުޅުންނާ ރައީސް ޔާމީން ވަނީ ޒާތީ ގޮތުން ޖައްސާލާފައި: އަމީން

14 އެޕްރީލު 2017 | ހުކުރު 03:28

ސަރުކާރު މެންބަރުން ހޮވުމަށް ގާސިމް އަދި މައުމޫން މަސައްކަތް ކުރެއްވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 އެޕްރީލު 2017 | ހުކުރު 03:28
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް

ރައީސް އަބްދުﷲ ޔާމީނު އަންނަނީ ، އެމަނިކުފާނާ ސިޔާސީ ގޮތުން ވާދަކުރާނެހެން ހީވާ އެންމެންނާ ޒާތީ ގޮތުން ޖައްސާލައި ސިޔާސީ ދައުވާ ކުރަމުން ކަމަށާއި، އެއީ މިވީ ދުވަސްތަކުގައި އެމަނިކުފާނު ކަންތައް ކުރި ގޮތް ކަމަށް ވެސް ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރައީސް ޔާމީނަކީ މީގެ ކުރިންވެސް އިންތިހާބުތަކުގައި ވާދަކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ރާއްޖޭގެ ރައީސް ކަމަށް ވާދަކުރެއްވުމަށްފަހުވެސް އެމަނިކުފާނުގެ އަމަލުތައް ބެހެއްޓެވީ އެގޮތަށް ކަމަށެވެ. ސިޔާސީގޮތުން އެމަނިކުފާނާ ވާދަކުރާނެހެން ހީވާ ނުވަތަ ސިޔާސީގޮތުން އެމަނިކުފާނަށްވުރެ ބާރުގަދަހެން ހީވާ އެންމެން ދުއްވާލުވުމުގެ މަސައްކަތް ކުރެއްވި ކަމަށް އަމީން ވިދާޅުވި އެވެ. މިހާތަނަށް މިސަރުކާރުން ކޮށްފައިވާ ހުރިހާ ސިޔާސީ ދައުވާތަކަކީ މިފަދަ ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ގާނޫނާއި އުސޫލުތަކާ ހަމަތަކާއި ގާނޫނު އަސާސީއާއި، މިހުރިހާ އެއްޗަކާ ހިލާފަށް ހިންގާ ޝަރީއަތެއް ކިހިނެތްތޯ ސައްހަވާނީ. އެޔަކަށް ޝަރީއަތޭ ކިއިދާނެތޯ؟ އަޅުގަނޑުމެންނަށް ގަބޫލު ކުރާކަށް އެހާ ފަސޭހައެއް ނޫން،" ގާނޫނާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ފަހު ދައުވާކޮށް ހިންގާ ޝަރީއަތަށް އިޝާރަތްކޮށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ޕީޕީއެމް ޔާމީން ފެކްޝަނުގައި ތިބި ގިނަ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ގޮނޑި ލިބިފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަމާ އެކު ކަމަށެވެ. މިއަދު ހުރިހާ ބޭފުޅުން އެއްކޮޅަކަށް އެރީމާއި އެބޭފުޅުންނަށް ލިބޭނެ މޮޅެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމަށް ގޮވަގޮވާ ތިއްބާ ސަރުކާރު ބޭނުންވާގޮތަކަށް މެމްބަރުން ކަންކަން ކުރަމުންގެންދަވާ ކަމަށާއި އެހެން ނަމަވެސް، އެބޭފުޅުންގެ ތެރޭގައި ތިބި ބޭފުޅުންނަށްވެސް އެކަން ގަބޫލު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން ގާސިމް ހައްޔަރުކުރުމުގެ މައްސަލައިގައި ޝަރީއަތުން އެފަދަ ނިންމުމެއް ނިންމަން ޖެހުނީ އެހެން ކަމަށް ވެސް އަމީން ވިދާޅިވި އެވެ.

ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އެ މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ހިތްވަރެއް ނެތް ކަމަށް ވިދާޅުވެ، އަމީން، ޕީޕީއެމްގެ އެތެރޭގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުންނަށް ފާޑު ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާ ބޭފުޅުން ކައިރީގައި ރީތިކޮށް އާދޭހާއެކު އިލްތިމާސްކުރީމަވެސް އަޑު ނީވޭ ބޭބޭފުޅުން، މާދަމާ ހިމާޔަތް ހޯއްދަވަންދާނެ ވަކި ދިމާލެއް ނޯންނާނެ.އެބޭފުޅުންގެ ސިޔާސީ ހަޔާތް އެއްކޮށް ހަލާކުވެގެންދާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވަނީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށްވެސް ގާނޫނު އަސާސީއަށް ރުޖޫއަށްވުމަށް ގޮވާލައްވާފަ އެވެ. މިއަދު ގާނޫނާ ހިލާފުވާ ފަރާތްތަކާއި، ކޮންމެވެސް ދުވަހަކުން ގާނޫނު އަރާ ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު މިމޭރުމުން ވާހަކަދައްކަވާފައިވާ އިރު، ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މާރޗު ހަ ވަނަ ދުވަހު ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ ގާސިމް ދޫކޮށްލާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް