Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓުގެ އިސްފަނޑިޔާރު

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފި

12 އޯގަސްޓު 2020 | ބުދަ 12:14

ފަނޑިޔާރު ޝުޖާއު އުސްމާން މިހާރުވެސް ހުންނެވީ ދެ މަސް ދުވަހުގެ ސަސްޕެންޝަނުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޯގަސްޓު 2020 | ބުދަ 12:14
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން: ޝުޖާއުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ގިނަ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ވެފައި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން: ޝުޖާއުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ގިނަ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ވެފައި

ނުފޫޒު ބޭނުންކޮށްގެން އެތައް ކަމެއް ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނު، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ފަނޑިޔާރު ޝުޖާއު މިހާރުވެސް ހުންނެވީ، ދެމަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެެ. ޖޭއެސްސީން މިދިއަ ޖުލައި މަހުގެ 22 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނުގެ މައްޗަށް އެ ކޮމިޝަނުން ތަޙްޤީޤު ކުރަންމުންދާ މައްސަލަ އަކީ، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ ފުރުސަތާއެކު މިދިއަ ޖުލައި މަހުގެ 20 ވަނަ ދުވަހު ތަޙުޤީޤު ރިޕޯޓު ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާންއާ ޙަވާލުކޮށްފައިވާ މައްސަލައެކެވެ. މީގެ އިތުރުން ވެސް ޖޭއެސްސީގައި ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވެއެވެ.

ޝުޖާއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މިދިއަ ރިޔާސީ އިންތިހާބުގައި ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދެވި ފަނޑިޔާރެކެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މައްސަލައެއް ޖޭއެސްސީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާ ކުރުމަށްފަހު، އެކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހައި ފާސްކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި

11 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދަށް 10 ދުވަސް!

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދަށް 10 ދުވަސް!
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
29 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމައިފި

29 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމައިފި
26 މާރިޗު 2017

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

26 މާރިޗު 2017
ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް