Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިލްވާ ސިޓީ ދޫކޮށްލުން

ސިލްވާ ލާޒިއޯއަށް ބަދަލުވަނީ

ސިލްވާ ވަނީ މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލަން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2020 | ބުދަ 10:36
ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ: މި ސީޒަން ނިމުމުން އޭނާ ސިޓީ ދޫކޮށްލާނެ

ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ: މި ސީޒަން ނިމުމުން އޭނާ ސިޓީ ދޫކޮށްލާނެ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ލާޒިއޯއަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު ސިލްވާ ވަނީ މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލަން ނިންމާފައެވެ. އުމުރުން މިހާރު 34 އަހަރުގެ ސިލްވާ ސިޓީ ދޫކޮށްލާއިރު، އޭނާ މިހާރު ލާޒިއޯއަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ލާޒިއޯއާއެކު ސިލްވާ ތިން އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި މިޑްފިލްޑަރު ސިޓީ ދޫކޮށް ލާޒިއޯއަށް ބަދަލުވާއިރު، އޭނާ ވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީއަށް މިހާތަނަށް ކުޅެދިން 435 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވާ ސިލްވާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމުގެ އިތުރަށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އުމުރުން 16 އަހަރުން ފަށައިގެން ސްޕެއިންގެ ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ސިލްވާ ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅުނު 125 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސިލްވާ ލާޒިއޯއާ ގުޅޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވާ ލާޒިއޯއިން އަންނަނީ އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިލްވާގެ އިތުރަށް ފެނަބާޗޭއަށް ކުޅެމުން އަންނަ ވެޑަޓް މުރިގީ ހޯދުމަށްވެސް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރަށް މި ސީޒަނުގެ ޔޫރަޕްގެ ރަން ބޫޓި ހޯދި ޗީރޯ އިމޮބިލޭގެ އެއްބަސްވުން އާކުރަންވެސް ލާޒިއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ބަދަލުވަނީ..؟

18 އޯގަސްޓު 2017
ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ބަދަލުވަނީ..؟
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު