Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެސީސީއަށް ކުރިމަތިވާ ދަތިތައް

ބަޖެޓުން ހަތް މިލިއަން ރުފިޔާ ކަނޑާލުމާ ގުޅިގެން ތަހުގީގުތަކަށް ހުރަސްއެޅޭ: އޭސީސީ

މަގާމާ ހަވާލުވި ހިސާބުން ޖުމްލަ 1201 ޝަކުވާ ބަލާ ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2020 | އަންގާރަ 14:12
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މި އަހަރުގެ ބަޖެޓުން މިހާތަނަށް ހަތް މިލިއަން ރުފިޔާ ކަނޑާލުމާ ގުޅިގެން އިންވެސްޓިގޭޓިވް މައްސަލަތައް ތަހުގީގު ކުރުމަށް ހުރަސް އެޅޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މަގާމާ ހަވާލުވި ހިސާބުން ޖުމްލަ 1201 ޝަކުވާ ބަލާ ނިންމާފައިވާ ކަމަށާއި، 1139 މައްސަލަ އިވިލުއޭޓް ކޮށް ނިންމާފައިވާ ކަމަށެވެ. 62 ކޭސް ތަހުގީގުކޮށް ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. ލޮކްޑައުންގައި ވެސް 196 ކޭސްއެއް އިވެލުއޭޓްކޮށް ނިންމާފައިވާކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ކޭސްތައް ތަހުގީގު ކުރުމުގައި ލަސްވާ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޝިއުނާ ވިދާޅުވީ ތަހުގީގު ކުރަމުންދާ 839 ކޭސް އޮތްއިރު މީގެ ތެރެއިން 152 ކޭސްއަކީ އެކި އަތޮޅުތަކަށް ދަތުރުކޮށް ބަލަން ޖެހޭ ރަށްތަކާ ގުޅުން ހުރި ކޭސް ކަމަށެވެ.

ޝިއުނާ ވިދާޅުވީ ލޮކްޑައުންގެ އިތުރުން ދިމާވި ބައެއް ކަންކަމުން ދަތުރުތައް ދެވޭ ގޮތް ނުވި ކަމަށާއި، ބަޖެޓުން މިއަހަރު މިހާތަނަށް ހަތް މިލިއަން ރުފިޔާ ކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން އިންވެސްޓިގޭޝަން ދަތުރަށް ހުރި ބަޖެޓުން ބަރަށް ބޮޑު ބައެއް ކަނޑާލާފައިވާކަން ޝިއުނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޝިއުނާ މިއަހަރު ކުރެވެން އޮތް އޮތީ އެންމެ ދަތުރެއް ކަމަށާއި، ރަށަކަށް ކުރާ ދަތުރެއް ނަމަ އެއަތޮޅުގައި ހުންނަ ހުރިހާ ރަށަކަށް ނިސްބަވްތާ ކޭސްތަކުގެ ތަހުގީގުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ.

ޝިއުނާ ވިދާޅުވީ އޭސީސީގައި ރިސޯސް މަދު ކަމަށާއި، މުއައްޒަފުން މަދު ކަމަށެވެ. އަދި ޒަމާނީ ނެކްނޮލޮޖީގެ ވަސީލަތްތައް ވެސް މަދު ނަމަވެސް ކޭސްތައް ހުށަހަޅާން މިންވަރު ގިނަކަން ޝިއުނާ ފާހަގަކުރެއްވިއެވެ. ޝިއުނާ ވިދާޅުވީ ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ކޮމިޝަންއާ ނުގުޅޭ މައްސަލަތައް ވެސް ހުށަހަޅާ ކަމަށާއި، ނިޒާމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ޝިއުނާ ވިދާޅުވީ ރިކޯޑު ތަކުން 18 ކޭސްއެއް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި އެބަ އޮތް ކަމަށެވެ. 18 ކޭސްއާ ގުޅިގެން ޕްރޮސެކިއުޓަރުންނާއި އެކި މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ ދަތިތައް ހުރި ނަމަވެސް މައްސަލަތައް ކުރިއަށްދާ ކަމަށެވެ. މިއަހަރުގެ ބަޖެޓުން މިހާތަނަށް ހަތް މިލިއަން ރުފިޔާ ކަނޑާލުމާ ގުޅިގެން އިންވެސްޓިގޭޓިވް މައްސަލަތައް ތަހުގީގު ކުރުމަށް ހުރަސް އެޅޭ ކަމަށް އެކޮމިޝަނުން ބުނެފައިވާއިރު، މިއަހަރުގެ އޭސީސީއަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓަކީ 34,701,372ރ. އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު