Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފާރީތަކުން ފުރާ މީހުންގެ ސާމްޕަލް

ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ސާމްޕަލް ހުޅުމާލެއިން ނެގޭނެ ގޮތް ހަމަޖައްސައިފި

އިންތިޒާމު ހަމަޖައްސާފައިވަނީ ބޯޓިން އެސޯސިއޭޝަން އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން

އަލީ ސަމާޚް
އަލީ ސަމާޚް | 11 އޯގަސްޓު 2020 | އަންގާރަ 13:41
ފަތުރުވެރިއެއްގެ ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ

ފަތުރުވެރިއެއްގެ ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ

ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުޅުމާލޭ ޕާކް ސަރަހައްދުގައި އެކަމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ތަނަކުންނެވެ. އެކަން ހަމަޖެއްސީ، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ސާމްޕަލް ނެގުން އިންތިޒާމު ހަމަޖެއްސުމަށް ފަތުރުވެރިންގެ ތަފްސީލުތައް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް 7970033 ކުރިއާލާ ހިއްސާކުރުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އެދިފައެވެ. އަދި، ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސާމްޕަލް ނެގުމަށް ސަމާލުކަން ދިނުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށައަޅަން މަޖުބޫރުކޮށްފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު