Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖީއެމްއައިޒެޑްއެލް އެޗްޑީސީއާއި އެއްކޮލަނީ

ޖީއެމްއައިޒެޑްއެލް އެޗްޑީސީ އާ އެއްކޮށްލަން ސަރުކާރުން ނިންމައިފި

10 އޯގަސްޓު 2020 | ހޯމަ 13:52

ދެ ކުންފުނި އެއްކޮށްލަން ނިންމާފައިވަނި ހަރަދު ކުޑަކުރުމުގެ ގޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޯގަސްޓު 2020 | ހޯމަ 13:52
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީ އިބްރާހިމް ރަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީ އިބްރާހިމް ރަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެއްކޮށްލުމަށް ސަރުކާރުން ނިންމައިފިއެވެ.

ޖީއެމްއައިޒެޑްއެލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅިފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލޭގެ ކަންކަން މެނޭޖްކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

Advertisement - newsAdvertisement

ޖީއެމްއައިޒެޑްއެލް، އެޗްޑީސީއާއި އެއްކޮލުމަށް ނިންމާފައިވީ ނަމަވެސް މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ނަމަވެސް ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ސިޓީއެއް ފޮނުވާފައެވެ.

ޖީއެމްއައިޒެޑްއެލް، އެޗްޑީސީއާއި އެއްކޮށްލުމަށްފަހު ލީޑް ކުރާނީ އެޗްޑީސީން ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވާ އިރު، ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ނިންމުމަކީ ވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޖީއެމްއައިޒެޑްއެލް، އެޗްޑީސީއާއި އެއްކޮށްލުމަށް ނިންމާފައިވާ އިރު، އެ ކުންފުނީގެ އެމްޑީގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އިބްރާހީމް ރަޝީދުގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް ބޯޓެއް ނައްތާލުމަށް ބަޔާކާ ހަވާލު ކުރި މައްސަލައެވެ. ނަމަވެސް އޭނާ އެކަން ދޮގު ކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) އިން ވަނީ މި މައްސަލަ ވެސް ބަލާފައެވެ. މި މައްސަލައަކީ ކ. ތިލަފުށި ފަޅުތެރޭގައި "އެމްވީ ސީ ހޯމް ސެފަޔާ" ނެގުމުގައި، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ރަޝީދު އެކަމުގައި ޢަމަލު ކޮށްފައިވާ ގޮތާއި، އެކުންފުނީގެ ބޯޑުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެގޮތުން ތިލަފުށި ފަޅުން އެބޯޓު ނެގުމަށް ޕާރކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައިވާ ގޮތާމެދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބޮޑެތި މައްސަލަތަކެއް ހުރިކަން ކޮމިޓީގެ މެންބަރުން ވަނީ ފާހަގަ ކޮށްފައެވެ.

ޕާކަވަން ކުންފުންޏަކީ އެބޯޓު އެތަނުން ނަގަން އިޢުލާން ކުރެވުނު ދުވަސްވަރު އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާތީ ޝައްކު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދަގަނޑު އެބޯޓު ކަފާލައިގެން ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ، އެމައްސައްކަތް ގްރޭޓަރ މާލޭ ކުންފުންޏާ ޙަވާލުކުރި ފިނޭންސް މިނިސްޓްރީއާ ދެމެދުވެސް ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނަނީ، ގްރޭޓަރ މާލެ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. އޭގެ އިތުރަށް، ބޯޓު ކަފާލައި ނައްތާލަން ނުވަތަ ބާދަގަނޑުގެ ގޮތުގައި ވިއްކުމުގެ އެއްވެސް ހުއްދައެއް އެކުންފުޏަށް ނުދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް