Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިދިކޮޅު ބޭފުޅުންނަށް ކޮވިޑް-19ގެ ވެކްސިނަކީ ރައީސް ޔާމިނަށް ވީފަދައިން، ގިބްލަ އޮޅުމަކީ ވެދާނެ ކަމެއް!

އަދުރޭ ވިދާޅުވަނީ ސިޔާސީ ގޮތުން އެބޭފުޅުންގެ ގިބްލައަކީ ރައީސް ޔާމީން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 އޯގަސްޓު 2020 | ހޯމަ 12:12
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އަރިސް ބައެއް ބޭފުޅުން؛ ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް ސަރުކާރަކުން ހިންގި އެންމެބޮޑެތި ހިޔާނާތުގެ އަމަލުތަކާއި ޖަރީމާތައް ހިންގި ސަރުކާރު

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އަރިސް ބައެއް ބޭފުޅުން؛ ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް ސަރުކާރަކުން ހިންގި އެންމެބޮޑެތި ހިޔާނާތުގެ އަމަލުތަކާއި ޖަރީމާތައް ހިންގި ސަރުކާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުހިންގާ ޖަރީމާއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްތެެރިވުމުން ފެށިގެންގޮސް، ރޯމާ ދުވާލު ދައުލަތުގެ މާލިއްޔާ ކޮނޑު އަޅައިގެން ގެންގޮސް، އަމިއްލަފުޅު ގެކޮޅަށް ވެއްދިއިރު، ކުރައްވާފަ ނުކުރައްވާނެ ކަމެއް އޮންނާނެތޯ އެވެ.

ދިވެހިރައްޔިތެއް އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގުމާއި، އޭނާ ވަގަށް ނަގައި އޭނާގެ މަންމައަށް ފާތިހާ ދުވަސްވެސް އަންގާނުުލައޭ ބުނާފަދައިން މަރާލުމާއި، ދައުލަތުން އެމައްސަލަ ތަހުގީގު ކުރުމަށް ނުކުޅެދުމާއި، އެ މަރު ފޮރުވުމަށް ދައުލަތުގެ އިދާރާތަކުން އަދާކުރި ރޯލާއި، ވަގަށް ނަގައި މަރާލި ރިލްވާން، ރާއްޖެއިން ބޭރަށް ފުރާފައިވާކަން ދަންކަން ދައުލަތުން ކުރި މަސައްކަތްތަކަކީ ދިވެއްސަކަށްވީތީ، ވަރަށް ލަދުވެތި، ދައުލަތެއްގެ ސިފަ ގެއްލި، މުޑުދާރު ސަރުކާރަކުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކެކެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި "ސްޓޭޓް ސްޕޮންސާޑް" ޖަރީމާތަކުގެ ތެރެއިން އެއް ޖަރީމާ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ މަގުމަތިން ދިމާވި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑޮކްޓަރު އަފްރާޝީމް އަލީ ލާއިންސާނީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާއިރު، އަފްރާޝީމްގެ މަރާއި، ރިލްވާންގެ މަރާއި، އަދި ބޮލަގަރ ޔާމީން ރަޝީދުގެ ހަށިގަނޑުގެ 36 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރަހުމުކުޑަ އަމަލުތައް ހިންގިއިރު، ދިވެހިރާއްޖެ ހިނގަމުންދިޔައީ ދައުލަތެއްގެ ސިފައިގަތޯ ސުވާލު އުފެދޭވަރަށް ކަންކަން ގޯހުންގޯހަށް ގޮސްފައިވެއެވެ.

ދެން އޮތީ ދައުލަތުގެ މާލިއްޔާއިން ހިންގި ޖަރީމާތަކެވެ. މުޅި ދައުލަތް ބަނގުރޫޓް ވުމާދިމާލަށް ދަނިކޮށް، ރިޔާސީ އިންތިހާބެއް ބޯމަތިވިކަން އެއީ ދިވެހިންނަށް ލިބުނު ނަސީބެކޭވެސް ބުނެވިދާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ޖަރީމާތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ސާމިލްވެއެވެ. މިހެން ނުބުނެވެންވީ ސަބަބެއް ނެތެވެ. ގާނޫނުން މަތިކޮށްފައިވާ ޒިންމާ އުފުލުމުގެ ބަދަލުގައި އެޖަރީމާތައް ހިންގުމުގައި ބައިވެރިވެފައި ވެއެވެ. ދިވެހި ސިފައިންނާއި ފުލުހުން، އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން ދެން މިހެންގޮސް ނަން ހުސްކޮށް، ގިނަ މުއައްސަސާތަކެއް އަމަލީ ގޮތުން ދިޔައީ ރައީސް ޔާމީނުގެ ސަރުކާރަށް ވާގިވެރިވަމުން ނެވެ. ބައެއް މުއައްސަސާތައް އޮތީ ގަދަ ނިދީގައި މުސާރަ ނަގާލައިގެން، "މާކުންބެ" ހެދިގެންނެވެ.

މިފަދަ ޖަރީމާތަކެއް ހިންގި ސަރުކާރެއްގެ އިސްވެރިން މާލޭގެ މަގުމަތީގައި ދޫވެފައި ތިބުމުގެ ބިރުވެރިކަން މިހާރުވެސް އިންތިހާއަށް އެބައޮތެވެ. ރައީސް ޔާމީންގެ ވެރިކަމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ބަލި ފަޔަކީ ވެސް އެއީ އެވެ. ކުރީގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބެލުމުގައި މާބޮޑަށް "ފަހަތު ފަޔަށްބަރުވަނީ" އެވެ.

ހިންދީ ފިލްމުތަކުގެ ބޮސް މަރާލުއެކު ފިލްމު ނިމުނަސް، ކުރީގެ ވެރިޔާ ވައްކަން ކޮށްގެން ޖަލަށްލިޔަސް، ކުރީގެ ސަރުކާރުން ކުޅުނު ފިލްމް ނިމޭކަށް ނެތެވެ.

މިސާލަކަށް ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ އިސްކޮށްއުޅުއްވި އަބްދުއްރަހީމް (އަދުރޭ) އާއި، އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި، ރާއްޖޭގެ މަހުޖަނަކު ކިޔަވައިދީ، ވަޒީފާ ދީގެން ގެންގުޅުނު މީހަކަށް ކުއްލި ގޮތަކަށް "ފިނިފެންމަލެއްފަދަ" ބޭފުޅެއް ފެނިވަޑައިގެން އެއަތަށް އެނބުރުނު ކަމަށްބުނާ ސައީދުމެންފަދަ، ކުއްލި މުއްސަނދިކަމެއް ލިބިވަޑައިގެން، އަގުބޮޑެތި މުދާ ހޯއްދަވައިގެން އުޅުއްވާ ބޭފުޅުން، މާލޭގެ މަގުމަތީގައި ހަމަ މިނިވަންކަމާއެކު އެބައުޅުއްވަ އެވެ. މިބޭފުޅުންގެ ހަމައެކަނި ކަމަކީ، ރައީސް ޞާލިހުގެ ސަރުކާރަށް ޖެއްސުން ކުރުމާއި، މިސަރުކާރަށް ކަމެއް ވިޔަނުދޭން މަސައްކަތް ކުރުމޭވެސް ބުނެވިދާނެ އެވެ.

އެގޮތުން، މީގެތެރެއިން މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުންވެސް ބިލަކަށް ބަހުސް ކުރުމަށް ފުރުސަތެއް ދެއްވިޔަސް، މުޅި ދުނިޔެ އެބައްޔަކަށް ކުޑަކަކޫ ޖަހަން ޖެހިފައިވާ ކޮވިޑް-19 ރޯގާއާ ގުޅޭ މައްސަލައަކަށް ބަހުސް ކުރެއްވިޔަސް، އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭ ދަރުވާލާފައިވާ ކަމަށްބުނެ، މަޖިލީހަށް ހުހެޅިފައިވާ މައްސަލައަކަށް ބަހުސް ކުރެއްވިޔަސް އެބޭފުޅުންނަށް ވިދާޅުވެވެން އޮންނަނީ ދޭއްޗެކެވެ. އެއީ ރާއްޖޭގެ އިގްތިޞާދު އޮތީ ފުނޑިފަކަމާއިި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުން އެކަންޏެވެ. މިނޫން އެއްޗެއް އެބޭފުޅުންނަށް ވިދާޅުވެވޭ ތަނެއް ނުފެނެއެވެ.

ދެން މަޖިލީހުގެ ގޮނޑިއެއް ނެތި، މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގާ އިދިކޮޅު ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ކޮވިޑް-19އަށް ރާއްޖެއަށް އޮތް ހަމައެކަނި ވެކްސިނަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދުރޭމެންފަދަ ބޭފުޅުން މިފަދަ ވާހަކަތައް ދެއްކުމަކީ ހަމަ ވެދާނެ ކަމެކެވެ.

ސިޔާސީ ގޮތުން ވިޔަސް، ވިދާޅުވާން ނުވާޒާތުގެ ނުވަތަ އަޅާ ނުކިޔޭކަހަލަ ކަންކަން ހުންނާނެ އެވެ. ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ ގިބްލައަކީ ރައީސް ޔާމީންކަމަށް ސިޔާސީ ގޮތުން ވިޔަސް ވިދާޅުވުމަކީ ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ.

ނަމަވެސް އަދުރޭމެންފަދަ ބޭފުޅުންނަށް އެހެން ވެދާނެއެވެ. ލޯބިވާ އަނބިމީހާއަށް ލޯބީގެ ޅެންތައް ހަދައި ނުދޭހާ ލޯބިން، އަދުރޭ ރައީސް ޔާމީނަށް ޒާތްޒާތުގެ ލޯބީގެ ޅެންތައް ހައްދަވާދެއްވަ އެވެ. މާބޮޑަށް މިފަދަ ވާހަކަތައް ދެކެވެނީ ރައީސް ޔާމީނާ ދުރުގައި އަދުރޭމެންފަދަ ކުއްލި މުއްސަނދިކަން ހޯދި ބޭފުޅުންނަށް ހުންނަން ޖެހުންކަމަށް ވެދާނެ އެވެ. ރައީސް ޔާމީނާއި އެބޭފުޅުން ގާތްކޮށްލެވޭނެ ހަމައެކަނި ގޮތަކީ އަދުރޭމެން ފަދަ ކުއްލި މުއްސަނދިކަން ހޯދި ބޭފުޅުންނަށް މާފުށި ޖަލުން ގޮޅިއެއް ދިނުން ކަމަށްވާނަމަ، މިސަރުކާރަށް އެއީ ވަރަށް ފަސޭހައިން ކޮށްލަދެވިދާނެ ކަމެއް ކަމަށް ފެނެއެވެ.

ދިވެހި ގިނަ ރައްޔިތުންވެސް ގޮވަމުންދަނީ، ރައީސް ޔާމީން އެކަނި ޖަލަށް ލައިގެން، އިންސާފު ގާއިމު ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ބައިވެރިންވެސް އަދުލްއިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، ޝަރީއަތް ކުރަންޖޭކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު