Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލަށްލާ މީހުން

މިދިޔަ މަހު ޖަލަށްލި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ

މިދިޔަ މަހު ޖަލަށްލީ 34 މީހުން

އަލީ ސަމާޚް
އަލީ ސަމާޚް | 8 އޯގަސްޓު 2020 | ހޮނިހިރު 12:57
ޖަލަށް މީހަކު ގެންދިޔުމުގައި ކަރެކްޝަންސްގެ އޮފިސަރުން ހަރަކާތްތެރިވަނީ

ޖަލަށް މީހަކު ގެންދިޔުމުގައި ކަރެކްޝަންސްގެ އޮފިސަރުން ހަރަކާތްތެރިވަނީ

މި އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މިދިޔަ ޖުލައި މަހު ޖަލަށްލީ މީހުންގެ އަދަދު އިތުރުވެފައިވާކަން ކަރެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަރެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު ޖަލަށްލާފައިވަނީ 13 މީހުންނެވެ. އެ އެންމެންނަކީވެސް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިޔަ މީހުންނެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ކަރެކްޝަންސް އިން އާއްމުކޮށްފައިވާ ޖުލައި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަދަދު ވަނީ ދެ ގުނައަށް އިތުރުވެފައެވެ. މިދިޔަ މަހު ޖަލަށްލާފައިވަނީ 34 މީހުންނެވެ. މި މީހުންގެ ތެރެއިން 16 މީހުންނަކީ އެކި ކުށްތަކުގައި ހުކުމް ކޮށްފައިވާ މީހުންނެވެ. ބާކީ ތިބި 18 މީހުންނަކީ ޝަރިޔަތް ނިމެންދެން ބަންދުކުރި މީހުންނެވެ.

ކަރެކްޝަނުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހު ހުކުމްކުރި މީހުންގެ 43.75 އަކީ ވައްކަމުގެ މައްސަލަތަކުގައި ހުކުމް ކުރި މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައިން ހުކުމްކޮށްފައިވަނީ ޑްރަގްގެ މައްސަލަތަކުގައެވެ. އެއީ ހުކުމްކުރި މީހުންގެ 37.5 އިންސައްތައެެވެ. ބާކީ ތިބި 18.75 އިންސައްތަ މީހުންނަށް ހުކުމް ކޮށްފައިވަނީ ހިޔާނާތްތެރިވުމާއި އޮޅުވާލުމާއި، އަމުރަތް ނުކިޔަމަންތެރިވުމުގެ އިތުރުން މީހުންނަށް އަނިޔާދިނުމުގެ އިތުރުން އެކި ކަހަލަ ހަތިޔާރުތައް ގެންގުޅުމުގެ ކުށުގައެވެ.

ކަރެކްޝަނުން ބުނީ، މާފުށި ޖަލުން 2846 ފޯން ކޯލް އާއި، މާލެ ޖަލުން 384 ފޯންކޯލް އައްސޭރި ޖަލުން 266 މީހުންގެ އިތުރުން ހުޅުމާލެ ޖަލުން 151 ފޯން ކޯލް ގައިދީންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު