Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޟްވާނު ގެއްލުވާލިތާ 6 އަހަަރު

ރިޟްވާނުގެ ހަނދާނުގައި ބައޮގްރަފީއަކާއި ޚާއްސަ ލަވައެއް ނެރެފި

8 އޯގަސްޓު 2020 | ހޮނިހިރު 07:06

މި ލަވައިގެ ނަމަކީ "ވިންދު ދިޔައީ ގެއްލިގެން"

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2020 | ހޮނިހިރު 07:06
ރިޟްވާނުގެ ހަނދާނުގައި ޚާއްސަ ލަވައަކާއި ބައޮގްރަފީއެއް ނެރެފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން

ރިޟްވާނުގެ ހަނދާނުގައި ޚާއްސަ ލަވައަކާއި ބައޮގްރަފީއެއް ނެރެފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން

ވަގަށް ނަގައިގެން ގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ގެއްލުވާލިތާ 6 އަހަރު ފުރުމާ ގުޅިގެން އާއިލާގެ ފަރާތުން ރިޟްވާނުގެ ހަނދާނުގައި ބައޮގްރަފީއަކާއި ޚާއްސަ ލަވައެއް ނެރެފިއެވެ.

ރިޟްވާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ބައޮގްރަފީއާއި، ޚާއްސަ ލަވަ ނެރެފައިވަނީ ހޮނިހިރު ދުވަހު ހެނދުނު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ތެރެއިންނެވެ. ނެރެފައިވާ ލަވައިގެ ނަމަކީ "ވިންދު ދިޔައީ ގެއްލިގެން" އެވެ.

Advertisement - newsAdvertisement

ރިޟްވާންގެ ހަނދާނުގައި ނެރެފައިވާ ބައޮގްރަފީ ''ގެއްލުވާލީ މައުސޫމް ދިވެހި ދަރިއެއް'' ފޮތާ ބެހޭ ގޮތުން "ރާއްޖެއެމްވީ" އަށް ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފައިވަނީ ބައޮގްރަފީގައި މައިގަނޑު ގޮތެއްގައި ހުންނާނީ ރިޟްވާނުގެ ދިރިއުޅުމުގެ އުސްއަލިތަކުގެ ވާހަކަ ކަމަށެވެ. އަދި ބައޮގްރަފީ އެންމެ ފުރަތަމަ ހަދިޔާ ކުރާނީ ރިޟްވާނުގެ މަންމަ އަށް ކަމަށް ބުނެފައިވެއެވެ. ޝެހެނާޒް ބުނީ ބައޮގްރަފީ ތައްޔާރު ކޮށްފައިވަނީ އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއެކު ކަމަށެވެ.

ރިޟްވާނަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާ އާއިލާގެ ފަރާތުން ކުރަމުންދާއިރު، މި މަސައްކަތުގެ ކުރީ ސަފުގައި އޭނާގެ މަންމަ ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ރިޟްވާން ގެންގުޅެފައިވާ ހުރިހާ ސާމާނެއް އަދިވެސް ރައްކާތެރިކަމާއެކު ގެންގުޅެމުންދާ ކަމަށް ރިޟްވާނުގެ މަންމަ ބުނެފައިވެއެވެ.

ގަދަކަމުން ގެންގޮސް ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިންނެވެ. ނަމަވެސް މަރު ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ބަޔަކު ރިޟްވާނަށް ފާރަލާ ހުޅުމާލެއިން ކާރަކަށް ގަދަކަމުން އަރުވާފައިވެއެވެ. ރިޟްވާން ގަދަކަމުން ކާރަކަށް އަރުގައިވެގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގައި ފަޅުގައި އަޅާފައި އޮތް ޑިންގީ އަކަށް ކަމަށެވެ. އަދި އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.

އަދި ރިޟްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާއި، އޭނާ މަރާލީ ކުފުރު ވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އޭނާ މަރާލުމަށް ފަހު ގައިގައި ދާ އޮޅުމަށްފަހު ކަނޑުފައްތާފައި ވާ ކަމަށް އިންޓެލް މައުލޫމާތު ލިބިފައި ވާކަމަށް މަރު ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ

17 އޯގަސްޓު 2017
މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ
15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް