މަދު ފަހަރެއްގަ ނޫނީ ގޭބިސީތަކުގެ ފެން ބިލް ''އިންތިހާ'' އަށް ބޮޑު ނުވާނެ: ޝާހު
8 އޯގަސްޓު 2020 | ހޮނިހިރު 04:30ގޭބިސީތަކުން ފެން ބޭނުން ކުރާ މިންވަރު އިތުރު


އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އެމްޑަބްލިއުއެސްސީން ބުނޭ
މަދު ފަހަރެއްގަ ނޫނީ ގޭބިސީތަކުގެ ފެން ބިލް ''އިންތިހާ'' އަށް ބޮޑު ނުވާ ކަމަށާއި، މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި ވެސް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ބަލައި ހައްލު ކޮށްދޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާޢްޖެޓީވީގެ ފަލަސުރުހީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކޮވިޑް-19އާ ގެ މި ހާލަތުގައި ގިނަ ބަޔަކު ތިބެނީ ގޭގައި ކަމަށާއި، އެހެން މަސްތަކާ އަޅާބަލާއިރު މިހާރު ގޭބިސީތަކުން ފެން ބޭނުން ކުރާ މިންވަރު އިތުރު ކަމަށެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވާތީ ވެސް ފެން ބޭނުން ކުރުން އިތުރުވެފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.
ޝާހު ވިދާޅުވީ އިންތިހާއަށް ފެން ބިލް ބޮޑުވާ ގޭބިސީއަކުން އެ މައްސަލަ ސަމާލުކަމަށް ގެނައުމުން އެމްޑަބްލިއުއެސްސީގެ ސިނީއަރ ޓީމަކުން އެ ގެއަށް ގޮސް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. ޝާހު ވިދާޅުވީ ބައެއް ހާލަތުގައި ކަސްޓަމަރުންގެ މައްސަލައަކުން ފެން ބިލް އިންތިހާއަށް ބޮޑުވެގެން ދާއިރު، އަނެއްބައި ހާލަތުގައި އެމްޑަބްލިއުއެސްސީގެ މުއައްޒަފަށް ނަންބަރު އެންޓަރ ކުރެވޭ ގޮތަކުން ވެސް ބިލް ބޮޑުވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ ދެފަރާތުގެ މަޝްވަރާގެ ތެރެއިން މައްސަލަ ހައްލު ކުރާ ކަމަށެވެ.
ޝާހު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި މަޝްވަރާ އިސް ކުރާކަމަށް ޝާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެން ބިލްތައް ބޮޑުވުމުގައި ރައްޔިތުން ވެސް އެއް ބޭންޑުން އަނެއް ބޭންޑަށް އެރުމުން ޗާޖު ކުރާ މިންވަރު އިތުރުވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.










