Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް: ކޮމިޓީ

މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތް ހިންގާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2020 | ބުރާސްފަތި 17:05
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވެ، ވޯޓުދެއްވި 8 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

ޖުޑިޝަރީ ކޮމިޓީން ބެލީ މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯއެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި މައްސަލައިގައި ކޮމިޓީން ބަލަން ޖެހޭ ހަމަ އެކަނި ކަންތަކެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް އާގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގެ ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާ ކަމަށާއި، އިސް މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކް އެކައުންޓަށް ވަދެވަފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ނާޖާއިޒު ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީގެ ތަހުގީގުން ހާމަވާ ކަމަށް ބުނެފައިވެއެވެ.

ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް، އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މައުސޫމް ހިތާފައިވާކަމާއި، އަދި މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ޖޭއެސްސީން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

މައުސޫމްގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަން ޖޭއެސްސީއަށް އެހީތެރިވެދިނުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިންސާފު ކަށަވަރުކޮށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ވެސް ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން ބައެއް ފަނޑިޔާރުން މަޖިލީހުން ވަކި ކޮށްފައިވާއިރު ބައެއް ބޭފުޅުންވަނީ އަމިއްލަ އަށް މަގާމުން ވަކިވެފައެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

މުއްދަތު ހަމަވިއިރު ވެސް ހައިކޯޓުގެ ބެންޗު 11 އަށް އިތުރުނުކޮށް ޖޭއެސްސީން ގާނޫނާ ޚިލާފުވެއްޖެ

19 ސެޕްޓެމްބަރު 2017
މުއްދަތު ހަމަވިއިރު ވެސް ހައިކޯޓުގެ ބެންޗު 11 އަށް އިތުރުނުކޮށް ޖޭއެސްސީން ގާނޫނާ ޚިލާފުވެއްޖެ
10 ސެޕްޓެމްބަރު 2017

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި

10 ސެޕްޓެމްބަރު 2017
ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި
23 އޯގަސްޓު 2017

ޖޭއެސްސީން ބަލަމުންދާ މައްސަލަކާއި ގުޅިގެން، ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި

23 އޯގަސްޓު 2017
ޖޭއެސްސީން ބަލަމުންދާ މައްސަލަކާއި ގުޅިގެން، ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި
07 މެއި 2017

ދިވެހި ރައްޔިތުންވެސް ނިންމީ މަސީހުގެ އިތުބާރު ނެތްކަމަށް: އަމީތު

07 މެއި 2017
ދިވެހި ރައްޔިތުންވެސް ނިންމީ މަސީހުގެ އިތުބާރު ނެތްކަމަށް: އަމީތު
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު