Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީދު ކުޅިވަރު

އީދު ކުޅިވަރުގައި ސިޔާސީ ކުލަޖެހި ނިމިއްޖެ

އީދަކީ އެކުވެރިކަން އާލާކުރުމަށް އަންނަ މުނާސަބަތެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 6 އޯގަސްޓު 2020 | ބުރާސްފަތި 12:29
އީދު ކުޅިވަރު ކުޅެނީ

އީދު ކުޅިވަރު ކުޅެނީ

ދިވެހިންނަކީ ޒަމާނުއްސުރެ ދިވެހިންގެ ތާރީޚާއި ޘަޤާފަތް ދަމަހައްޓަމުން އައި އަމިއްލަ ވަންތަ ގޮތްތަކެއް އަބަދުވެސް ގެންގުޅެމުން އައި ބައެކެވެ. އެގޮތުން ދިވެހިންގެ ޘަޤާފަތް ދައްކުވައިދޭ އެންމެ ބޮޑު އެއް މުނާސަބަތަކީ އަޟްހާ އީދެވެ. ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ މި އަޟްހާ އީދަކީ ކޮންމެ ރަށެއްގައިވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާ އެއް މުނާސަބާއެވެ.

އީދު ފާހަގަ ކުރުމަށް އެކި ރަށްރަށުގައި ޘަޤާފީ އެކިއެކި ތަފާތު ހަރަކާތްތައް ރާވާހިންގަމުންދާއިރު ކޮންމެ ކުޅިވަރެއްވެސް ކުޅެމުން ދިޔައީ ކާބަފައިން ދަސްކޮށްދީފައިވާ ގޮތަށެވެ. އީދަށް ހަނދު ބެލުމުން އީދު ހަދިޔާ ގޭގޭގައި ހަދަން ފަށައެވެ. އީދު އުޅާއްޔާއި، އަތުޖެހި އާއި އީދު ބޮނޑި ފަދަ ތަކެއްޗަކީ އީދަށް ތައްޔާރު ކުރާ ޚާއްސަ ހަދިޔާއެވެ. އީދު އުޅާލި ހެދުމުގައި އަވައްޓެރި ގޭގެއަށް ފުށްގަނޑު ފޮނުވައިގެން ކޮންމެ އަހަރަކު އެ ނަގާ ފޯރިގަނޑަކީ ފާހަގަ ކޮށްލެވޭ ކަންކަމެވެ.

އީދަށް އައު ހެދުން ފެހުމާއި، އީދު ވިލޭރޭ ގޭގައި ތިބޭ ތުއްތު ކުދިންނާއި އަންހެންވެރިން ހަތަރެސް ފައިގައި ހީނާފަތް އެޅުން ފަދަ ކަންކަމަކީ ޒަމާނުއްސުރެ ކުރަމުންގެންދާ ކަންކަމެވެ.

މީގެ އިތުރުން ބަނޑިޔާ ޖެހުމާއި، ދަފި ނެގުމާއި، ކޯޑި ކުޅުމާއި ކޯޑި ކެނޑުމާއި، ތިން މުގޯލި ކުޅުމާއި، ބަތް ކުޅުމާއި، މާލި ނެރުމާއި، ބޮޑު މަސް ކުޅުމާއި، ބޮޑު ބެރު ޖެހުމުގެ އިތުރުން، ފެންކުޅި ކުޅި ފަދަ ކުޅިވަރު ތަކަކީ ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރުތަކެވެ.

ނަމަވެސް ފަހަކަށް އައިސް މި ފެންނަނީ ދިވެހިންގެ މި ޘަގާފަތް އުވެމުންދާ މަންޒަރެވެ. ޒަމާނުއްސުރެ ރަށްރަށުގައި ކުޅެމުން އައި ފެންކުޅި މިވަނީ ކުލަ ޖެހުމަށް ބަދަލު ވެފައެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ކުލަ ޖެހުމަކީ ހިންދޫއިންގެ ސަޤާފަތެކެވެ. ހިންދީ ޑްރާމާތަކާއި ފިލްމް ތަކުގައި ހޯލީ ފެސްޓިވަލް ނަކަލު ކުރުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މީގެ ކުރިން އީދުގައި ފެނިގެންދަނީ ދެލިމާއްޔާއި، ރަޖާ މާލި، ކަނދޮޅު މާލި، މަށި މާލި ފަދަ މާލި ތަކެވެ. މާލި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުމާއި، މާލި ނެރުމާ ހަމައަށްވެސް ފެނިގެންދާނީ އެކުވެރިކަމާއި އެއްބައެއްވަންތަ ކަމުގެ ކުލަވަރެވެ. ކުޅިވަރުތައް ނިމިގެންދާއިރު އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ގުޅުންވެސް އޮންނަނީ އިތުރަށް ބަދަހިވެފައެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. މިއަދު މިވަނީ އީދުގައި ނެރޭ މާލީގައި ވެސް ސިޔާސީ ކުލަ ޖެހިފައެވެ.

މިހާރު މާއްޔަކީ ވެސް ސިޔާސީ ކުލަވަރު ދައްކުވައިދޭ، އަދި ސިޔާސީ ޝުއޫރުތައް ފާޅު ކުރާ ޒަރިއްޔާއަކަށް ވެއްޖެއެވެ. ޚުދު މި އަހަރުގެ އަޟްހާ އީދުގައި ވެސް އެފަދަ މަންޒަރުތަކެއް ފެނިފައިވާއިރު، އެންމެ ފަހުން މި ވަނީ އީދުގެ ފޯރި ގެއްލި ގޮސް، އެއް ބަޔަކު އަނެއް ބައެއްގެ ތެރޭގައި ފިތުނަ އުފެދިފައެވެ.

ތެދެކެވެ. ޒަމާނާ އެއްގޮތަށް މީހުންވެސް ތަރައްޤީ ވާން ޖެހެއެވެ. ނަމަވެސް ދިވެހިންގެ ޘަގާފަތް ދިވެހިން ހިފެހެއްޓުމަކީ ބޭނުންތެރި ކަމެކެވެ. ކާބަފައިން ޒަމާނުއްސުރެ ގެންގުޅެފައިވާ އާދަކާދައާއި ޘަގާފަތް ބިނާވެފައިވާ މައިގަނޑު އަސާސަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށްވީއިރު، އެ އަސާސް މަތީގައި ޤާއިމުވެ ތިބެން ޖެހެއެވެ. ދިވެހި ވަންތަ ގޮތްތައް އޭގެ ގޮތުގައި ދަމަހައްޓަން ޖެހެއެވެ. މިއަދު ދިވެހި ސަގާފަތާއި އާދަކާދައަށް ތި ޖަހަނީ ހަޖޫއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު