Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެއިރޫތްގައި ބާރުގަދަ ގޮވުމެއް ގޮވުން

ބާރުގަދަ ގޮވުމަކާއެކު ބެއިރޫތު ހާސްކަމެއްގެ ތެރެއަށް

އިމާރާތްތަކަށް ވަނީ ލޮޅުން އަރާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 4 އޯގަސްޓު 2020 | އަންގާރަ 18:17
ބެއިރޫތް ގައި ގޮވި ގޮވުމާއި އެކު ދުންގަނޑަ

ބެއިރޫތް ގައި ގޮވި ގޮވުމާއި އެކު ދުންގަނޑަ

ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ޕޯޓުގައި ބާރުގަދަ ގޮވުމެއް ގޮވާ މުޅި ރަށް ހާސްކަމެއްގެ ތެރެއަށް ގެނެސްފިއެވެ.

މި ގޮވުން ގޮވާފައިވަނީ ބެއިރޫތުގެ ޕޯޓުގައި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ އިރު، ފުރަތަމަ ގޮވުން ގޮވާފައިވާވާ ތަނުގެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ބާރުގަދަ ގޮވުމަކާއެކު 100 ފޫޓު ދުރުގައި ހުރި އިމާރާތްތަކަށް ލޮޅުން އައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މި ގޮވުން ގޮވާފައިވާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ބާރުގަދަ ގޮވުމާއެކު ހައިވޭގައި ދުއްވަމުން ދިޔަ ކާރުތަކަށް ގެއްލުން ލިބުމުގެ އިތުރުން ގޮވި ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް މިހާތަނަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަނިޔާ ލިބުނު ގިނަ އަދަދެއްގެ މީހުންނަށް އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ.

އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ފަރާތަކުން ބުނެފައިވަނީ ފުރަތަމަ ފެނުނީ އަލިފާން ރޯވެފައި ހުއްޓާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވިތަން ފެނުނު ކަމަށާއި، އެއާއެކު ހައިވޭއަށް ވެސް ލޮޅުން އެރި ކަމަށެވެ. އަދި ގޮވި ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައި ތިބި ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ލެބަނަންގެ ހެލްތް މިނިސްޓަރ ވިދާޅުވެފައިވަނީ ބަޑިބޭހުގެ ކުޅިވަރަށް ސާމާނު ހިފައިގެން ދިޔަ ބޯޓެއް ޕޯޓުގައި ގޮވާފައިވާ ކަމަށެވެ. ގޮވި އަޑުފައްގަނޑު މުޅި ސިޓީއަށް ފެތުރިގެން ގޮސްފައިވެއެވެ.

މިހާތަނަށް އެ ގޮވުން ގޮވާފައިވާ ސަބަބު ނޭނގޭ އިރު، އެ ބޯޓަށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ދަނީ ބުނަމުންނެވެ. އަދި މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ދަނީ ބުނަމުންނެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހެލްތް މިނިސްޓަރު ހާމަ ނުކުރައްވައެވެ.

ބޯޓުގައި ހުރި ތަކެތި ގޮވުމާއެކު މައްޗަށް އެރި ދުންގަނޑު މުޅި ސިޓީއަށް ފެންނަން ހުރި އިރު، ކުދި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ވެސް މިޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ގޮވުމުގެ ސަބަބުން ގެއްލުން ލިބުނު އިމާރާތްތަކުގެ ތެރޭގައި ޕޯޓާއި 400 މީޓަރު ދުރުގައި ހުރި ޑެއިލީ ސްޓަރ ނިއުސްޕޭޕަރ ގެ އޮފީސް ވެސް ހިމެނެއެވެ.

ބެއިރޫތުގެ ޕޯޓުގައި ގޮވުމާއި ގުޅިގެން މިހާތަނަށް ކަމާ ބެހޭ އެއްވެސް ފަރާތަކުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އިސްރާއިލުގެ މިލިޓަރީ ސްޕޯކްސްމަން ވަނީ މި ހަދިސާއާއި ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މި ހާދިސާގައި މިހާތަނަށް 30 މީހަކު މަރުވެފައިވާއިރު 2500ށްވުރެން ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2017

ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި

20 ސެޕްޓެމްބަރު 2017
ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި
19 ސެޕްޓެމްބަރު 2017

މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ

19 ސެޕްޓެމްބަރު 2017
މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ
04 ޖުލައި 2017

ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ

04 ޖުލައި 2017
ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު