Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
93 މީހަކު އެޑްމިޓްކޮށްފި

93 މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި

ހަ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2020 | އަންގާރަ 02:25
ކޮވިޑް-19 ގެ ހާލު ބޮޑު މީހުންނަށް ފަރުވާދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް؛ އެކި ފެސިލިޓީތަކުގައި 93 މީހަކަށް ދަނީ ފަރުވާ ދެމުން

ކޮވިޑް-19 ގެ ހާލު ބޮޑު މީހުންނަށް ފަރުވާދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް؛ އެކި ފެސިލިޓީތަކުގައި 93 މީހަކަށް ދަނީ ފަރުވާ ދެމުން

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 93 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑު ދައްކާގޮތުން 93 މީހަކު މިހާތަނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، މިއީ ރާއްޖޭގައި މިހާތަނަށް ބަލިޖެހިގެން އެންމެ ގިނަ އަދަދަކަށް ފަރުވާދެމުން އަންނަ ފަހަރެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 92 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 87 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކަށް ފަރުވާދެމުން އަންނަ އިރު، ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައި ވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އެޗްޕީއޭއިން ބުނީ މީގެ ތެރެއިން ދެ މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 127 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 129 މީހުން އަނެއްކާ ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.

މިއާއިއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4293ށް އަރާފައެވެ. ހޯމަ ދުވަހު އިތުރު 27 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއެކު ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 2670ށް އަރާފައެވެ.

މި ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހަކަށް އަންނަނީ އެކި ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ. މިހާތަނަށް މި ބަލީގައި 18 މީހަކު މަރުވެފައިވާ އިރު، ގިނައީ ދިވެހިންނެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލުތަކަށް ބަލާ އިރު، ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 2178ށް އަރާފައެވެ. 1687 ބަންގުލަދޭޝް މީހުން ޕޮޒިޓިވްވެފައިވާ އިރު، އިންޑިއާގެ 302 މީހަކާއި، ނޭޕާލްގެ 48 މީހަކާއި ލަންކާގެ 41 މީހެއްގެ އިތުރުން އިޓަލީގެ 11 މީހެއް އަދި އިންޑޮނޭޝިއާގެ 7 މީހަކާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 19 މީހަކު ރާއްޖޭގައި ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު