Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ބިޒްނަސް ސާވޭ

ވަޒީފާއިން ކަނޑާނުލައި، މުސާރަ ކުޑަނުކުރީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ 20 އިންސައްތަ ކުންފުނިތަކުން

މުސާރައަށް މިދާއިރާގައި މަސައްކަތް ކުރާ 80% ވިޔަފާރިތަކުން ވަނީ ބަަލުގެނެސްފައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 3 އޯގަސްޓު 2020 | ހޯމަ 07:33
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން

ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ކަނޑާނުލައި، މުސާރަ ކުޑަކޮށްފައި ނުވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ 20 އިންސައްތަ ކުންފުނިތަކުން ކަމަށް މަރުކަޒީ ބެންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއަށް ގެންދެވުނު ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކުގެ އެމްޕްލޯއިމެންޓް އިންޑެކްސް -74 ށް ދަށްވެގެން ދިޔަ ކަމަށެވެ. މީގެން އެނގިގެންދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަން ކަމަށާއި، އެމްޕޯއިމެންޓް ލެވަލްއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ، މި ސާވޭގައި ބައިވެރިވި 26 އިންސައްތަ ކުންފުނިތަކުން ކަމަށެވެ.

މުސާރައާއި މަސައްކަތުގެ ޚަރަދުތައްވެސް ބޮޑުތަނުން ކުޑަވެފައިވާކަން ފާހަގަކޮށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ މުވައްޒަފުންގެ އަދަދަށާއި މުސާރައަށް މިދާއިރާގައި މަސައްކަތް ކުރާ 80 އިންސައްތަ ކުންފުނިތަކުން ބަަދަލުގެނެސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދާއި، މުސާރަ އާއި، ކެޕިޓަލް ޚަރަދުގެ އިތުރުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމަށް ދައްކާއިރު، ކުރިއަށް އޮތް ކުއާޓަރުގައިވެސް ދަށްވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރާއްޖެއަކީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އެއް ގައުމެވެ. "ބޭސް ލައިން" ސިނާރިއޯއަށް ބަލާއިރު 2020 ވަނަ އަހަރު ބޮލަކަށް ޖެހޭ އަދަދު ނުވަތަ "ރިއަލް ޖީޑީޕީ" 13.0 އިންސައްތައިން ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. މިއީ ކޮވިޑް-19 ގެ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެން 18.5 އިންސައްތަ ދަށް އަދަދެކެވެ. 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގައި ރާއްޖޭގެ ޖީޑިޕީ 13.1 އިންސައްތައިން ދަށްވިއިރު، ކޮވިޑް-19 ގެ މިކާރިސާއަކީ ސުނާމީއަށް ފަހު އައި އިގުތިޞާދީ ހީނަރުކަމާ އެއްވަރު، ނުވަތަ އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއެކު، އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، އާމްދަނީއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން އެތައް ހާސް ބައެއްގެ ވަޒީފާއަށް އެކި ގޮތްގޮތުން މިކަމުގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2019

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރަނީ

09 ނޮވެމްބަރު 2019
ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރަނީ
29 އޯގަސްޓު 2019

ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ މިއަހަރު : އެމްއެމްޕީއާރްސީ

29 އޯގަސްޓު 2019
ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ މިއަހަރު : އެމްއެމްޕީއާރްސީ
03 ޖޫން 2019

މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރަމުންދަނީ ޞައްޙަ މަޢުލޫމާތެއް ނޫން: އައިލެންޑް އޭވިއޭޝަން

03 ޖޫން 2019
މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރަމުންދަނީ ޞައްޙަ މަޢުލޫމާތެއް ނޫން: އައިލެންޑް އޭވިއޭޝަން
07 މާރިޗު 2019

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

07 މާރިޗު 2019
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
02 ނޮވެމްބަރު 2018

ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ

02 ނޮވެމްބަރު 2018
ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު